ޑްރަގް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން 5 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. އެއީ، ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) ކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ […]