ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދޭނަން: ފުލުހުން
ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ދެންމެ އާންމުކުރި ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ، 13 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަނގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހ...