15 އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށަކުން ކަމަށެވެ. އެއީ ކ، އއ، އދ، ވ އތޮޅު ހިމެނޭ ސަރަހައްދެވެ.
އެ ސަރަހައްދުގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލަ މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!