އަންހެން ކަނބަލުންނާއި ފޮށި، މީހުނަށް އާންމު އުނދަގޫކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރު ފަހު 1:00 ޖަހާކަންހާއިރު މާލޭ ސިޓީގެ ބޮޑުތަކުރުފާނުމަގު ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

Ad
rt

އެމީހާއަކީ އުމުރުން 50 އަހަރުގެ ބަންގުލަދޭޝްގެ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މިހާރު ދަނީ އޭނާގެ މައްސަލަ ތަހުގީގު ކުރަށްވަމުންނެވެ.

އަންހެން ކަނބަލުންނާއި ފޮށި، މީހުނަށް އާންމު އުނދަގޫކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރު ކޮށްފައިވާއިރު، ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެ ގެއްލުންދިން ބިދޭސީއެއްވެސް ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް މިއަދު ފުލުހުން ވިދާޅުވީ އެއީ ނަފްސާނީ ބަލި މީހެއްކަމަށެވެ.

އެމީހާއާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު އިޝާ ނަމާދަށް ފަހު ހިނގި އެ ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިމީހާ މިހާރު ވަނީ ދޫކޮށްލާފައިކަމަށާއި އަދި އޭނާގެ ސްޕޮންސޮރ އާ ގުޅިގެން އޭނަ ބަންގްލަޑެޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.