މަރުގެ މައްސަލައަކާ ގުޅިގެން ބަނގުލަދޭޝް މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ޢަލީ ޙޮސެއިން (32އ) ކަމަށެވެ.
މުޙައްމަދު ޢަލީ ހޮސެއިންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.
ފުލުހުން ބުނެފައިވެއެވެ.
އޭނާ ހޯދަނީ ކޮން މަރަކާ ގުޅިގެން ކަމެއް އަދި ކޮން އިރަކު ހިނގި ހާދިސާއަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ. މިކަމުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!