މާލޭ ސިޓީގެ ގެއެއްގައި ނިޔާވެފައި އޮތް ދޮށީ އުމުރުގެ މީހަކު ފެނިއްޖެ އެވެ.
ފުލުހުން ވިދާޅުވީ މާލޭ ސިޓީގެ ގަލޮޅު ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިރޭ 10:45 އެހާކަން ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާކަމަށް ވެސް ފުލުުހުން ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަކުރަށްވާފައިއެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!