ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 40 އަހަރުގެ ބިދޭސީއަކު ހޯދަން އެމީހާގެ ފޮޓޯ މޯލްޑިވްސް ޕޮލިސް އިން އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

Ad
rt

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ކޮކާން (40އ) ނަމަކަށއ ކިޔާ މީހެކެވެ.

ފުލުހުން ބުނީ، މުޙައްމަދު ކޮކާންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެ އެވެ.