ކަފިހުރަސް މަތީ ފުލުހުންގެ ސައިކަލު ޕާރކުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯގެ ހަޤީގަތް ފުލުހުން ކިޔައިދީފި އެވެ.

ފުލުހުންނަށް ފާޑުކިޔުން އަމާޒުކޮށް މީސްމީޑިޔާގައި ދަޢުރުވަމުންދާ ފޮޓޯހިމަނާ ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަފިހުރަސް މަތީ ޕާކުކުރީ އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.

Ad
rt

ތިރީގައިވާ ފޮޓޯއަކީ ޖެނުއަރީ 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމަރޖެންސީ ހާލަތެއްގައި ސައިކަލް ޕާރކްކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް.

ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، އެހާދިސާގައި މީހާގެ ހެދުމުގައި އަލިފާން ހިފިނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭކަން ފާހަގަކުރާކަމަށެވެ. ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.