އީރާން ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ކޮންގްރެސްއިން އަނެއްކާވެސް ފާސްކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް ކުރިއަށް ގެންދަވާ އަސްކަރީ ހަރަކާތްތައް ހުއްޓުވައި އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓެޓިވްސްއިން ތިންވަނަ ފަހަރަށް ފާސްކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ނެގި މި ވޯޓުގައި، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ވެސް ވަނީ އިދިކޮޅު ޑިމޮކްރެޓުންނާއެކު ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ. ޖުމްލަ 220 ވޯޓު 204 ވޯޓުން ފާސްކުރ...