Skip to main content
Topic Archive

#ބީއެމްއެލް

130 Stories filed
ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެގޮތް ހަދަނީ
Raajje

ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެގޮތް ހަދަނީ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ “މޯލްޑިވްސް އެކްސްޕޯ 2026” އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކ...

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި": ގެދޮރުވެރިކަމުގެ އިކުއިޓީ ދައްކަން ސަރުކާރުން ބޮޑު ލުޔެއް
Business

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި": ގެދޮރުވެރިކަމުގެ އިކުއިޓީ ދައްކަން ސަރުކާރުން ބޮޑު ލުޔެއް

އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑި...

ރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް، ދުނިޔޭގެ ގަދަ 500 ބޭންކުގެ ތެރޭގައި ބީއެމްއެލް
Business

ރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް، ދުނިޔޭގެ ގަދަ 500 ބޭންކުގެ ތެރޭގައި ބީއެމްއެލް

ދުނިޔޭގެ މަޝްހޫރު މަޖައްލާ “ފޯބްސް” އާއި މާކެޓް ރިސާޗް ފާމް “ސްޓެޓިސްޓާ” ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖާގަ ހޯދައިފިއެވެ. މިއީ ދުނިޔޭގެ 89 ގައުމަކުން ހޮވާލެވުނު 500 ބޭންކުގެ ތެރޭގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނި، ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން ތާރީޚީ ކާމިޔާބީއެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. […]

ބީއެމްއެލްގެ ފައިދާ 26 ޕަސެންޓު މައްޗަށް؛ ޑިޕޮސިޓްތައް 42 ބިލިއަން ރުފިޔާއަށް އުފުލިއްޖެ
Business

ބީއެމްއެލްގެ ފައިދާ 26 ޕަސެންޓު މައްޗަށް؛ ޑިޕޮސިޓްތައް 42 ބިލިއަން ރުފިޔާއަށް އުފުލިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. އެ ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ހަމައެކަނި މި ކުއާޓަރުގައިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު […]

އޭޓީއެމް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭނީ 3،500 ޑޮލަރު ކަމަށް ބީއެމްއެލުން ކަނޑައަޅައިފި
Business

އޭޓީއެމް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭނީ 3،500 ޑޮލަރު ކަމަށް ބީއެމްއެލުން ކަނޑައަޅައިފި

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާއިން ޑޮލަރު ނެގޭނެ އެންމެ މަތީ އަދަދަކީ 3،500 ޑޮލަރު ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކަނޑައަޅައިފިއެވެ. ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލު ގެނައި ނަމަވެސް، ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ނެގޭ 1،600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލުން ބުނި […]

ބީއެމްއެލްގެ ރުފިޔާ ކާޑުން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އާ އުސޫލު އާންމުކޮށްފި
Business

ބީއެމްއެލްގެ ރުފިޔާ ކާޑުން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އާ އުސޫލު އާންމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރި ކުރެވޭނެ އާ އުސޫލުތަކާއި ލިމިޓްތައް އެ ބޭންކުން އާންމުކޮށްފިއެވެ. ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެކުލަވާލި މި އުސޫލަށް އަމަލުކުރަން ފަށާނީ މިއަދު، 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ...

ރާއްޖޭން ބޭރުގައި ޑެބިޓް ކާޑުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑާ ފީ ނެގުން ބީއެމްއެލްއިން ހުއްޓާލައިފި
Business

ރާއްޖޭން ބޭރުގައި ޑެބިޓް ކާޑުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑާ ފީ ނެގުން ބީއެމްއެލްއިން ހުއްޓާލައިފި

ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި “ކްރޮސް ބޯޑަރ” ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، މިގޮތަށް ނިންމުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1,200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ބަދަލަކީ...

ފުނަދޫގައި ކުރިއަށްގެންދިޔަ ''އތމ ކޮމެޓީ ވިޔަފާރި ފޯރަމް'' ނިންމާލައިފި
Thiladhunmathi News

ފުނަދޫގައި ކުރިއަށްގެންދިޔަ ''އތމ ކޮމެޓީ ވިޔަފާރި ފޯރަމް'' ނިންމާލައިފި

ވިޔަފާރި ފުޅާ ކުރެވޭނެ ގިނަ، ފަހި ފުރުޞަތުތަކެއް ބީއެމްއެލްގައި ހުރިކަމަށާއި، ގޭގައި ތިބެގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ވިޔަފާރި ފެށުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮއްދޭކަމަށް ފުނަދޫ އތމ ކޮމެޓީއިން ބުނެފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ސޭލްސް އެންޑް އެޑްވައިޒަރީ ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ  “އތމ ކޮމެޓީ ވިޔަފާރި ފޯރަމް 2026 “ގެ ސެޝަންތައް އިއްޔެ ވަނީ ނިންމާލައިފައެވެ. މި ފޯރަމް ބޭއްވީ ހަ [...

ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް
Thiladhunmathi News

ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫޢުގެ ތެރޭގައި ހއ. ދިއްދޫ ކުރިމަގު ޖަމްޢިއްޔާއާއި، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ އިތުރުން ށ. ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަނުން ހުށަހެޅި މަޝްރޫޢުތައް ހިމެނިއްޖެއެވެ. ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ފަންޑުން މިއަހަރު އެހީ ލިބޭ މަޝްރޫޢުތައް ބުރާސްފަތި ދުވަހު އިޢުލާންކޮށްފައެވެ. ބީއެމްއެލް ފަންޑުގެ އެހީގައި ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ހއ. ދިއްދޫގައި ‘ހައިވް’ […]

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަނަކަށް ބީއެމްއެލްގެ ޝަރީފް
Raajje

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަނަކަށް ބީއެމްއެލްގެ ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން އެ އެސޯސިއޭޝަންގެ ބޯޑުން ނިންމާފައިވަނީ، ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައި ކަމަށެވެ. މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކ...

ބީއެމްއެލްއާ ހަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަނީ
Business

ބީއެމްއެލްއާ ހަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ޙަވާލުކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްގެންދާ 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން، އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރައްވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މުންދު ވިދާޅުވީ ބީއެމްއެލްއާ ޙަވާލުކުރ...

''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''
Raajje

''މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓަށް ލުޔެއް ލިބޭނެކަމުގެ އުންމީދެއް''

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކުން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ”ބޭންކް އޮފް […]

ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދިނުމަށް: ތަރުޖަމާނު
Raajje

ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދިނުމަށް: ތަރުޖަމާނު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހަދައިދިނުމަށްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާ...

ގައުމީ ބޭންކުން ލޯނު ދޫކުރާ އުމުރުފުރާ 75 އަހަރަށް މަތިކޮށްފި
Business

ގައުމީ ބޭންކުން ލޯނު ދޫކުރާ އުމުރުފުރާ 75 އަހަރަށް މަތިކޮށްފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް މަތިކޮށްފިއެވެ. މީގެކުރިން ބީއެމްއެލުން ލޯނު ދޫކުރަމުން އައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދައްކާ ނިންމާގޮތަށެވެ. ނަމަވެސް މި ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު ދިގުވެ، މެދުއުމުރުގެ ފަރާތްތަކަށްވެސް ގެދޮރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ލޯނު ނެގުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް […]

ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި
Business

ބީއެމްއެލުން ގެދޮރު އަޅަން ދޭ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތަށް ބޮޑު ލުޔެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި، 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނުތަކަށް މީގެ ކުރިން އަމިއްލައަށް ދައްކަންޖެހޭ 20 އިންސައްތަ އިކުއިޓީ، މިހާރު ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ. މި ބަދަލާއެކު، އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދުމުގައި ބޮ...