ފުއްގިރީގެ މައްސަލަ ހުކުމާ ހިސާބުގައި އޮއްވާ ޔާމީން ހައި ކޯޓަށް
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލައާ ގުޅޭ ނިންމުންތަކެއް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ […]