ސިނަމާލެ ބުރިޖުގެ ލޭންތަކާ ގުޅިގެން އުފެދިފައިވާ ބަހުސްގައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މީސްމީޑިއާގައި ވީޑިއޯއެއް އާންމުކުރައްވާފައެވެ.

މި ވީޑިއޯގައި އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.

Ad
d

ކުރީގެ ނައިބު ރައީސް އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެއާރގެ ހައިސިއްޔަތުން ރައްޔިތުންނަށް ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށާއި ބްރިޖުގެ ލޭންތަކާ ގުޅޭ މައްސަލައިގައި ރައްޔިތުންނަށް ހަގީގަތް އެނގުން މުހިންމުކަމަށް ވިދާޅުވެފައިވެއެވެ.

އަދީބު ވިދާޅުވި ގޮތުގައި، ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑރ. މުޙައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. ނަމަވެސް، ބްރިޖުން ލޭނެއް މަދުވިކަމަށް ބުނެ ރައީސް ޔާމީން މުއިއްޒަށް ބަވާލެއްވިކަމަށް އަދީބު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ބްރިޖުގެ ނެގޯސިއޭޝަންގައި ބައިވެރިނުވާކަމަށާއި، ބްރިޖާ ގުޅޭ ބައްދަލުވުންތަކުގައި މުއިއްޒު އަދި މުޙައްމަދު ސައީދު ފަދަ ބޭފުޅުން ބައިވެރިވިކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު އިތުރަށް ވިދާޅުވި ގޮތުގައި، ފުރަތަމަ ޔާމީން ބުރިޖު ނޭޅޭނެ ކަމަށް ގަބޫލުކުރިއެވެ. ނަމަވެސް މުއިއްޒު އާއި އެހެން އިންޖިނިއަރުން ބުރިޖު އެޅޭނެކަމަށް ބުނަމުން ދިޔަކަމަށެވެ. އަދި ޔާމީން ޖޮގިންގ ލޭން ބައިސްކަލް ލޭނަށް ބަދަލުކުރިކަމަށާއި، ފަހުން އެތަނުން ބައިސްކަލް ނުދުއްވޭނެކަމަށް ނިންމީވެސް އޭނާކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ބުނާގޮތުގައި ބުރިޖުގެ ގިނަ މަސައްކަތްތައް ކުރީ އޭނާއެވެ. އަދި ބުރިޖު އެޅުމަށް ޗައިނާއާ ވާހަކަދެއްކީވެސް އަދީބުކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޔާމީން މުއިއްޒު އެކަހެރިކުރިކަމަށްވެސް އަދީބު ވިދާޅުވިއެވެ. އެއީ، ޔާމީނާ ގުޅުންހުރި ގޭންގަކަށް ނިސްބަތްވާ ޕާކެއް ބަންދުކުރުމުން، ޔާމީން ރައީސް މުއިއްޒާ ދެކޮޅަށް ޒާތީވެފައިވާކަމަށް އަދީބު ވިދާޅުވިއެވެ. އަދި މި ޕާކު ބަންދުކުރެވުނީ ސްކޫލު ކުއްޖަކު މަރާލުމާ ގުޅިގެންކަމަށާއި، ޔާމީން މުއިއްޒަށް ގުޅައި ހަޑިހުތުރު ބަހުން ވާހަކަދެއްކިކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި ޔާމީން:

- ގިނައިން އުޅުއްވީ ތާސްކުޅުއްވުމާއި ސިންގަޕޫރުގައި ވިޔަފާރިކުރެއްވުމުގައެވެ.
- ނިންމާ ނިންމުންތައް ހަނދާންފުޅު ނުބަހައްޓަވައެވެ.
- އެމްއެމްޕީއާރްސީ މައްސަލައިގައި ނިގުޅައިގަތް ފައިސާ ހުރީ އޭނާގެ އެކައުންޓުގައެވެ.
- ހުރިހާ ކަމެއް ހަނދާންނައްތާލައްވާ އެހެން މީހުންގެ ބޮލުގައި އަޅުވައެވެ.

Ad
df

މި ތުހުމަތުތަކަކީ އަދީބު ކުރައްވާފައިވާ ވަރަށް ގިނަ ތުހުމަތުތަކެކެވެ. ނަމަވެސް، މިހާތަނަށް މި ތުހުމަތުތަކާ ގުޅޭގޮތުން ރައީސް ޔާމީން އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.