ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަޅުގަނޑުމެންގެ ސިއްހަތު ބިނާވެފައިވަނީ ކަނޑުގެ ސިއްހަތުގެ މައްޗަށްކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ދިރިއުޅުމުގެ މައިގަނޑު ވަސީލަތް ކަމަށެވެ.
އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހާލަތު ގޯސްވަމުންދާކަމަށާއި، މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ ކަނޑު ދެނެގަނެ، ރައްކާތެރިކޮށް ހިމާޔަތްކުރުމަށްކަމަށް ރައީސް ވިދާޅުވެފަވެއެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރަން ނިންމީ 1992 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި ބޭއްވި އާތު ސަމިޓުގެ ތެރެއިންނެވެ. ޤައުމުތަކުގައި މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 2008 ވަނަ އަހަރުއެވެ.
މިއަހަރުގެ ކަނޑުގެ ދުވަހުގެ ޝިޢާރު ބިނާކޮށްފައި ވަނީ ކަނޑުތަކުގެ ދެމެހެއްޓެނިވިކަމުގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!