ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަނުކުރަށްވައިފިއެވެ.

ނަވީން މި މަގާމަށް ޢައްޔަނުކުރެއްވި އިރު ވަގުތީ ގޮތުން އެ މުއައްސާސާ ހިންގަވަމުން ގެންދެވީ ވެސް އޭނާ އެވެ. އެއީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

Ad
rt

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމް ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އިސްމާޢީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.