މީޑިއާ ކޮމިޝަނަށް ތިން މެމްބަރަކު ޢައްޔަންކުރައްވައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުން މިއަދު ކަނޑައެޅުމާއެކު އެ ތިން ބޭފުޅުން މިއަދު އެ ކޮމިޝަނަށް ޢައްޔަނުކުރަށްވައިފިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ. އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މޯލްޑިވްސ...