ޅ.ޅައިމަގުގައި ހޭންޑް ބޯލް ކޯޓެއް އަޅައި ފުޓްސަލް ދަނޑުގައި ފެންވަރު ރަނގަޅު ޓާފެއް އަޅައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް، ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދޭނެ

މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ސްކޫލްގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ އެ ރަށުގައި މަސައްކަތް ފެށުމަށް ބަޔަކާއި ޙަވާލުކުރެވިފައިވާ ކުނިކޮށީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ވެފައިވާތީ އެހެން ބަޔަކާއި ޙަވާލުކުރައްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ޅައިމަގު ރައްޔިތުންގެ ފަރާތުން ވަނީ ރައީސް މުޢިއްޒު އަށް ޝުކުރުގެ ހަނދާނީފިލައެއް އަރުވާފައެވެ.