ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ
އަންނަ އަހަރުގެ ބަޖެޓުގައި ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިމަނުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ހިންނަވަރަކީ ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކެއް ހުރި ބައިބޯ ރަށެއްކަމަށާއި، މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކ...