އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން، ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ރަސްމީ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަމަޖައްސަވައިފިއެވެ. މި ނަންތައް ހަމަޖެއްސެވީ 2026 އެޕްރީލު 14 އަދި 15 ވަނަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ޝާއިޢުކުރެއްވި މިކަމާއި ގުޅޭ ދެންނެވުމުގައިވާ ގޮތުން، ޖުމްލަ 12 ވުޒާރާއެއްގެ ނަން ދިވެހިބަހުން ބޭނުންކުރާނެ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި އަލަށް...