އަޒުމަކީ ދިވެހި މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މަސްތުވާތަކެތީގެ މައްސަލައާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަދި ގޭންގު ހަދައިގެން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ވަރަށްބޮޑަށް ހައްލެއް ބޭނުންވެފައިވާ މައްސަލަތައްކަން ފާހަގަކުރައްވާފައެވެ.
އެމައްސަލަތަކަށް ހައްލު ގެނެވިއްޖެނަމަ ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ
ރައީސް ވިދާޅުވީ، ކައުންސިލުތަކާއި އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި ކަމާބެހޭ މިނޫން ހުރިހާ ފަރާތްތައްވެސް ގުޅިގެން މަސައްކަތްކޮށް އެހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު މި މައްސަލަތައް ހައްލުކުރުމުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028ގައި ޚާއްޞަ ކަންތައްތަކެއް ހިމަނައި އަންނަނީ މިހާރު ތަންފީޒު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!