އުތީމު ދަރިވަރުންނާއެކު ރައީސް ވަގުތުކޮޅެއް، ދަރިވަރުން ބޭނުންވާ އެއްކަމަކީ ކުޅޭނެ ޓާފް ދަނޑެއް
ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ ރަށުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ސްކޫލްގައި ކުޅޭނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އެގޮތުން ޔުނީފޯމާއެކު ކުޅެން ނިކުންނަން ޖެހެނީ ބޭރަށް ހިރަފުހަށް ކަމަށް ބުނެ، އެކަން ޙައްލުކޮށްދެއްވައި ޓަރފް ދަނޑ...