''ޤައުމިއްޔަތު އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމަށް''
ޤައުމިއްޔަތު އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ އިސްލާމީ ރީތި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިންވިދާޅުވީ ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ޚާއްޞަ ޚިޠާބުގައެވެ. މި ޚިޠާބުގައި މި ފަހަރު ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ދިމާވީ ރަމަޟާން މަހާއިކަން ފާހަގަކުރަށްވައި، މި ހެޔޮ އިއްތިފާ...