4000 ފްލެޓްގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު (މާދަމާ) އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދެލީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ލިސްޓް ރޯދައިގެ ކުރިން އާންމުކުރަށްވާނެކަމަށް ރައީސް ވަނީ މީގެ ކުރީން ވެސް ވިދާޅުވެފައެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް
ހުޅުދެލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓަރ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ލިސްޓު އާންމުކުރާގޮތަށް އޮތީ ހަމަޖެހިފައި ކަމަށެވެ. އަދި މި ލިސްޓުގައި ފްލެޓް ލިބޭ ފަރާތްތަކާއި، ނުލިބޭ ފަރާތްތަކަށް ނުލިބުނީ ކީއްވެގެންކަން ވަރަށް ޓްރާންސްޕޭރެންޓްކޮށް އެނގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިސްޓަކީ ކުރީ ސަރުކާރުން ތަޢާރަފުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ލިސްޓު އާންމުކުރަނީ އަލުން ވެރިފައިކުރުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!