ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Ad
rt

މިދަތުރުފުޅުގައި މި ސަމިޓްގައި ބައިވެރިވެވަޑައިގެން އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީ.އޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުގައި ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގައި އިޤްތިޞާދީ ތަރައްޤީ، ވިޔަފާރި، އިންވެސްޓްމަންޓް، ސަލާމަތީ އެއްބާރުލުން އަދި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވަނީ އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު 11 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ވަނީ ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާ ބައްދަލުކުރަށްވާފައެވެ. އަދި އަންގާރަ ދުވަހު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އާއި ބައްދަލުކުރަށްވާފައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ.