މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ
Raajje

ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކ...

ދަރަނބޫދޫ އަކީ މޮޅު އެތުލީޓުން ގިނަ ރަށެއް، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއް ތަރައްގިކޮށްދޭނަން: ރައީސް
Raajje

ދަރަނބޫދޫ އަކީ މޮޅު އެތުލީޓުން ގިނަ ރަށެއް، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއް ތަރައްގިކޮށްދޭނަން: ރައީސް

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއް ކަމަށާއި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ފުޓްބޯޅަ ދަނޑަކާއެކު ދުވާ ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ދަރަނބޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެރަށުގ...

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ދެކޮޅަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް
Raajje

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ދެކޮޅަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި،...

30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ
Raajje

30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިފަދައިން ވިދާޅުބީ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ވައިގެ ބަނދަރެއް ޤާއިމުކޮށްދެއްވުން ކަމަށް ފާހަގަކުރައްވަމުން، “އެއަރޕޯޓު މަސަ...

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫއަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދޭނަން: ރައީސް
Raajje

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫއަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދޭނަން: ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހި...

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
Raajje

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި އެވެ. ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން...

ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިއްޖެ
Raajje

ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިއްޖެ

ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް މިއަދު ދަންނަވައިފިއެވެ. އެރަށު ރައްޔިތުން މިގޮތަށް އެދުނީ ރައީސް މިއަދު އެރަށަށް ކުރެއްވި ޒިޔާރާތުގައި ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާގައެވެ. ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު ރަކީދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ އިޖުތިމާޢީ ތަރައްޤީ...

ކެޔޮދޫގެ ބިންހިއްކަން ފެށުން އަންނަ އަހަރު، ޑޮލަރު އޭޓީއެމެއް ވެސް ބަހައްޓާނެ
Raajje

ކެޔޮދޫގެ ބިންހިއްކަން ފެށުން އަންނަ އަހަރު، ޑޮލަރު އޭޓީއެމެއް ވެސް ބަހައްޓާނެ

ވ. (ފެލިދެއަތޮޅު) ކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިދެއޮތޮޅު ކެޔޮދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢ...

ޤާނޫނާއި ޚިލާފު ކަންކަންކުރަން އެއްވެސް ބަޔަކަށް ފުރުޞަތެއް ނުދޭނަން: ރައީސް
Raajje

ޤާނޫނާއި ޚިލާފު ކަންކަންކުރަން އެއްވެސް ބަޔަކަށް ފުރުޞަތެއް ނުދޭނަން: ރައީސް

ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނ...

ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތެއް ނުދޭނަން: ރައީސް
Raajje

ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތެއް ނުދޭނަން: ރައީސް

ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު އިއްޔެ ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފެށިގެން ދިޔުމުން ރާއްޖޭގެ ހުރިހާ އަތޮޅެއ...

ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ފަށައިފި، ހުރިހާ އަތޮޅަކުން މިހާރު އައިޑީކާޑުގެ ޚިދުމަތް ލިބޭނެ
Raajje

ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ފަށައިފި، ހުރިހާ އަތޮޅަކުން މިހާރު އައިޑީކާޑުގެ ޚިދުމަތް ލިބޭނެ

ފެލިދެއަތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް މިހާރުވަނީ ޤާއިމުކުރެވިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ފެލިދޫގައި އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާޙުކުރު...

ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފަށަނީ
Raajje

ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފަށަނީ

ވ. ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު (ވ.އަތޮޅު) ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފެލިދޫގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މ...

ވ.ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްދެނީ
Raajje

ވ.ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްދެނީ

ފެލިދެ އަތޮޅު (ވ.އަތޮޅު) ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ގާއިމުކޮށްދެއްވައި، އެރަށު ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސްދެއްވާނެކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ވ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ. ވ. ތިނަދޫ ބަނދަރު ސަރަޙައްދުގަ...

ފުލިދޫގެ ބަނދަރުގެ މަސައްކަތާއި އެކު ބާރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމުގެ ޔަގީންކަން
Raajje

ފުލިދޫގެ ބަނދަރުގެ މަސައްކަތާއި އެކު ބާރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމުގެ ޔަގީންކަން

ވ.އަތޮޅު (ފެލިދެއަތޮޅު) ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު ބާރަ ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މިއަދު ފުލިދޫ އަށް ވަަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެއީ ރައްޔިތުން...

ރައީސް ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އަށް ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފި
Raajje

ރައީސް ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އަށް ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފި

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާނީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ދަތުރުފުޅުގައި ރައީސް، އެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށ...