ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އެންމެ އިސް މަޤާމުތަކަށް އައު ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޢައްޔަންކުރައްވައިފިއެވެ.

މި ގޮތުން ސީއެސްސީގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނާޞިޙް ވަނީ ޢައްޔަންކުރައްވާފައެވެ.

Ad
rt

ނާސިހަކީ މި ދިޔަ ދައުރުގެ އެ ކޮމިޝަންގެ ރައީސެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ 7 ގައެވެ.

ހަނިމާދޫ ދާއިރާގެ 17 ވަނަ މަޖިލީހުގެ މެމްބަރު މުޖްތާޒު ސީއެސްސީގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހުއެވެ. އެއަށްފަހު އޭނާ ރައީސްކަމަށް ޢައްޔަނުކުރަށްވަންދެން ހުންނެވީ އެ ކޮމިޝަންގެ ނައިބުގެ މަގާމުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ ދިވެހި ސިވިލް ސަރވިސްގެ އެންމެހައި ކަންކަން ބަލަހައްޓައި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ މިނިވަން މުއައްސަސާއެކެވެ.