ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ސަމިޓްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެ ޤައުމުގެ ލީޑަރުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި، މިކަމަށްޓަކައި ރޭވިފައިވާ ސިޔާސީ، އިޤްތިޞާދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބޮމުގެ ހަމަލާތައް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެއެވެ.

ގަތަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫން، އެ ޤައުމަށް ޙައްޤުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން: ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ، ޤާނޫނާއި ޣައިރު ޤާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްޙަ އާއި ނިރުބަވެރިކަމުންކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް، ދުނިޔެއިން ނިންމަންޖެހޭ ކަމަށެވެ.

ރައީސް މުޙައްމަދު މުޢިއްޒު މި ވަގުތު ގެންދަވަނީ، އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ބާއްވާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މި ސަމިޓު މެދުވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި އިސްލާމީ އުންމަތުގެ އަޑުއުފުއްލަވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.