މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވަންސް ތައާރަފް ކުރަން މަސައްކަތް ކުރަނީ
Raajje

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވަންސް ތައާރަފް ކުރަން މަސައްކަތް ކުރަނީ

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހައި ރިސްކް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބި ކުންފުނިތަކުގައި މިހާރަށްވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި އެއް ސުވާލަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރިސްކު އެލ...

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުން ބަލައެއް ނުގަނެވޭނެ: ރައީސް
Raajje

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުން ބަލައެއް ނުގަނެވޭނެ: ރައީސް

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ. މިގޮތަށ...

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް
Raajje

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ. މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ވަނީ ވިލިމާލެ ހޮސްޕިޓަލްގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި ރައީސަށް ދަންނަވާފައެވެ. ޝިފާންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ރައީސް...

އެންމެ ލަސްވެގެން މެއި މަހު އީ-ވޮލެޓުގެ ހިދުމަތް ތައާރަފްވާނެ: ރައީސް
Raajje

އެންމެ ލަސްވެގެން މެއި މަހު އީ-ވޮލެޓުގެ ހިދުމަތް ތައާރަފްވާނެ: ރައީސް

އަންނަ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ހިދުމަތް ތައާރަފް ކުރެވޭ ވަރު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ. މ. ނައިޓްލައިޓް، އަބްދުﷲ އިނާން ވަނީ އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރާނީ ކޮން އިރަކުތޯ ސުވާލުކޮށްފައެވެ. ރައީސްގެ ޖަވާބު21 މާރިޗް 2024 މާލެ ސިޓީ، މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން، އީ-ވޮލެޓުގެ ޚިދުމަތް […]

ހިޔާ ފްލެޓު ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް އަވަހަށް ގާއިމުކުރަނީ
Raajje

ހިޔާ ފްލެޓު ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް އަވަހަށް ގާއިމުކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމު ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަންބޮޑުވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ކުޅި...

ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައިފި
Raajje

ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައިފި

“ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ”ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. މިއީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދި އިދާރާއެކެވެ. ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމް ކުރީ، ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވުމަށެވެ. އަދި ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަ...

''ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ''
Raajje

''ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ''

ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލަބީބު ސުވާލުކޮށްފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހ...

ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީން ލިބޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު
Raajje

ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީން ލިބޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ ޝުކުރު އަދާކުރައްވައިފިއެވެ. ތުރުކީވިލާތުގެ ރައީސަށް، ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވީ މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...

ކަނޑުދަތުރުވެރީންނަށް ޚާއްޞަ "ރަސް އައިނު" އެޕް ލޯންޗުކޮށްފި
Raajje

ކަނޑުދަތުރުވެރީންނަށް ޚާއްޞަ "ރަސް އައިނު" އެޕް ލޯންޗުކޮށްފި

މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން “ރަސް އައިނު” ރޭ އިފުތިތާޙުކޮށްފިއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައާއި، ދިވެހި ކަނޑުތައް ރައްކާތެރިކަމާއެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން “ރަސް އައިން” ނަމުގައި ފަރުމާކޮށްފައިވާ މި އެޕް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ސިފައިންގެ ވައިގެ ބާރާއި، ޔޫއޭވީ ސިފައިންގެ ޚިދުމަތް ތައާރުފު ކުރުމަށް، މާފަރު ބައިނަލްއަޤްވާ...

ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި
Raajje

ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި

ދިވެހިރާއްޖޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ. ދިވެހިރާއްޖޭގައި ޔޫއޭވީ ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްދެއްވީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޢިއްޒު ވަނީ...

ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި
Raajje

ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ (ދިވެހި ސިފައިންގެ ވައިގެ ބާރު) އުފައްދަވައި، ރޭ އިފުތިތާހުކޮށްފިއެވެ. ދިވެހި ސިފައިންގެ ވައިގެ ބާރު، އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާފައި ވަނީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާ...

ވާނުވާއަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފިން: ރައީސް
Raajje

ވާނުވާއަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފިން: ރައީސް

އެކިއެކި ކުށްތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނުވަތަ “ވާނުވާ” ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލު ކުރުމަށް  ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި މ. މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނަޝީދާ ބުނި ގޮތުގައި އޭނާގެ […]

"ހަފުތާ 14"ގެ ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ
Raajje

"ހަފުތާ 14"ގެ ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ “ހަފްތާ 14” ގެ ހުރިހާ ވައުދެއް ހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ގެ ސެގްމަންޓްގައި އާންމުންގެ މީހަކު ކުރި ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ކިހާ ވަރެއް ފުއްދުނުތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 […]

މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި
Raajje

މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

މަސްވެރިން މިފްކޯ އަށް މަސް ކިރުމުން މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ހުރިހާ ފައިސާއާ އެކުގައި މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ. Miadhu dhevunu faisaa aaeku, masverin mi dhiya hukuru dhuvahaahisaabah beyni hurihaa mahah faisaa dhee […]

ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް
Raajje

ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ތަކެތީގެ އަގު ހެޔޮ ކުރަން އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމަންޓްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، […]