މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ "ހަފްތާ 14" ގެ ހުރިހާ ވައުދެއް ހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ގެ ސެގްމަންޓްގައި އާންމުންގެ މީހަކު ކުރި ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ކިހާ ވަރެއް ފުއްދުނުތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 ވައުދެއް ފުއްދަން ހިމެނި އިރު، ގާތްގަނޑަކަށް ހުރިހާ ވައުދެއް ހެން ފުއްދަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުތައް ވެވަޑައިގެންނެވީ ހުރިހާ ވައުދެއް ވެސް ފުއްދެވުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސްގެ ޖަވާބު
12 މާރިޗް 2024ވަޢުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާމެދު ރައްޔިތަކު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/MUCPhoetN4
— Government of Maldives (@governmentmv) March 12, 2024
"ފުރަތަމަ 14 ހަފުތާއަށް ކަނޑައެޅިން 161 ވައުދެއް ފުއްދުމަށްޓަކައި. އޭގެތެރެއިން ހުރިހާ ވައުދެއް ހެން ވަނީ ކަނޑައެޅި ޓާގެޓަށް ފުއްދިފައި. ދެތިން ކަމެއް ގާތްގަނޑަކަށް ހަމަ ނިމުމަކާ ހިސާބަށް ގޮސް ވީ. 161 ވައުދުގެ ތެރެއިން 155 އަށް ވުރެ ގިނަ ވައުދެއް މިވަނީ ފުއްދާފައި. އަދި ކުރިއަށް އޮތް ތަނުގައި ބައިވަރު ކަންކަން އެހުރީ ކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމުން އެދުނު ކަންކަން އެކި މިނިސްޓްރީތަކާއި މުއައައްސަސާތައް ގުޅިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!