މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 992 ވަނަ ޞަފްޙާ

ވޭމަންޑޫ މަސް ދޯންޏެއް ބިންދައިގެން ގޮސްފި

ވޭމަންޑޫ މަސް ދޯންޏެއް ބިންދައިގެން ގޮސްފި

ތ. ވޭމަންޑޫ “ދިރުން-4” ކިޔާ މަސް ދޯންޏެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ތ. ކިނބިދޫއާއި 4 ނޯޓިކަލް މޭލު ބޭރުން 13 މީހުނާއެކު ދަތުރު ކުރި މި މަސްދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބީ 11 ދިވެހިންނާއި ދެ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ކޯސްޓްގާޑުން އެ ސަރަހައްދުގައި […]

ޔުމްނާ ޢަލީ
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މި ހިނގާ ޖުލައި ނަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މިމަޝްރޫޢޫގެ މަސައްކަތް ހަލުވިކަމާއި ކުރެވެމުންދާއިރު، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 7612،602.00 ރުފިޔާގެ މިމަޝްރޫޢު މަސައްކަތުގެ އީއައިއޭ ހަދ...

ޔުމްނާ ޢަލީ
މަރޮށި ހިމެނޭހެން 4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ކުރިމަތިލާން ހުޅުވާލައިފި

މަރޮށި ހިމެނޭހެން 4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ކުރިމަތިލާން ހުޅުވާލައިފި

ށ. މަރޮށި ހިމެނޭހެން ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ މަސައްކަތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިގޮތުން އެ މިނިސްޓްރީއިން ހުޅުވާލާފައި ވަނީ ށ. މަރޮށީ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ އިތުރުން ބ. ހިތާދޫ ބަނދަރު ބޭރުތޮއްޓާއި އެއްގަމު ތޮށި ހެދުމުގެ މަސައްކަތާއި، މ. މުލީ ބަނދަރު ރީކޮންސްޓްރަކްޝަން މަސައްކަތް އަދި ވ. ތިނަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރުމަށް ކުރިމަތި ލުމަށެވެ. މިމަސައްކަތްތަކ...

ޔުމްނާ ޢަލީ
މިނިވަން ދުވަހާއި ގުޅިގެން ބާއްވާ އިޙުތިފާލުތައް މި އަހަރު ނުބާއްވާނެ

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ އިޙުތިފާލުތައް މި އަހަރު ނުބާއްވާނެ

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙުތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން، މިނިވަން ދުވަހާއި ގުޅިގެން ކުރިން އަހަރުތަކުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިނިންމެވުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މިއަދުގ...

ޔުމްނާ ޢަލީ
ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި

ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލައި، މާފުށީގައި ބަޔަކު އިހުތިޖާޖްކޮށްފިއެވެ. ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާކަމަށް އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. ފުލުހުން ގެންދަނީ އިހުތިޖާޖު ހިނގާ ސަަރަހައްދުގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަ...

ޝިއުނާ އާދަމް
ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަމުން ދާތީ، އަލިފާން ނިންވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އެ ރަށުގައި އަލިފާން ރޯވެގެން އުޅޭ ސައިޓްގައި އަލިފާން ކޮންޓްރޯލް ކުރުމަށް ތިލަފުށީ ފަޔަރޓީމް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވާ ކަމަށެވެ. އެ އަލިފާން ކޮންޓްރޯލް ކުރުމަށް މާލެއިން ފަޔާ އެންޑް ރެސްކިއުގެ ބެކަޕްޓީމެއް ތިލަށްޓަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން...

ޔުމްނާ ޢަލީ
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިދިޔަ ޖޫން މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރަށްވާ ފައިވާ ބިލެކެވެ. މި ޤާނޫނު ވުޖޫދުވުމާއި ގުޅިގެން ޤާނޫނަށް ގެނެސްފައިވާ އިޞްލާޙާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް […]

ޝިއުނާ އާދަމް
އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ ކާނަލް މުޙައްމަދު އިބްރާހީމް އެ މަޤާމަށް އައްޔަން ކުރެއްވީ ކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ މަޤާމު ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރި...

ޝިއުނާ އާދަމް
އުދައަރާނެކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފި

އުދައަރާނެކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ޚާއްސަކޮށް މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ވެސް އެކި ރަށްރަށަށް އުދައަރާނެކަ...

އަލީ އިބްރާހިމް
ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ފޯނުން ނުގުޅޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ފޯނުން ނުގުޅޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

“ހިޔާ މަޝްރޫޢު” ގެ ދަށުން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި އެވެ. “ހިޔާ މަޝްރޫޢު” ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ “ދިރިއުޅުމުގެ ހާލަތު” ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަން...

އިބްރާހިމް އަސްވާޤް
އައުޓްރީޗް ޕްރޮގުރާމްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި - ކޭއާރުއެޗް

އައުޓްރީޗް ޕްރޮގުރާމްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި - ކޭއާރުއެޗް

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކުރިމަތިވި ދަތިތަކާއިއެކު ޑޮކްޓަރަށް ދެއްކުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ރަށްރަށަށް އެ ހޮސްޕިޓަލްގެ ސްޕެޝަލް ޑޮކްޓަރުން ފޮނުވައިގެން ހިންގުނު އައުޓްރީޗް ޕްރޮގުރާމްތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ފާއިތުވި ޖޫން މަހުގެ 13 އިން، ޖޫން 30 ގެ ނިޔަލަށެވެ. ޖުމްލަ އަށާރަ ދުވަހުގެ ތެރޭ...

އިބްރާހިމް ޚަލީލް
ރާއްޖޭއިން ކޯވިޑާއި ގުޅިގެން 1028.6 މިލިއަން ރުފިޔާ ހޭދަކޮށްފި

ރާއްޖޭއިން ކޯވިޑާއި ގުޅިގެން 1028.6 މިލިއަން ރުފިޔާ ހޭދަކޮށްފި

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށާއި، ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަމަށް 1028.6 މިލިއަން ރުފިޔާ 2 ޖުލައި 2020 ގެ ނިޔަލަށް ހޭދަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމުކުރާ “ވީކްލީ ކޯވިޑް-19 ސްޕެންޑިން” ރިޕޯޓުގައިވާ ގޮތުން، މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 އާއި ގުޅިގެން ، 1028.6 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު %5.4 އިތުރު އަދަދެކެވެ. އެ […]

ޔުމްނާ ޢަލީ
ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ޝިއުނާ އާދަމް
އިންސާނީ ވަގުވިޔަފާރި ފުޅާވެ ސާމިލުވި ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ކަންބޮޑުވުން

އިންސާނީ ވަގުވިޔަފާރި ފުޅާވެ ސާމިލުވި ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ކަންބޮޑުވުން

އިންސާނީ ވަގުވިޔަފާރި ފުޅާވެ ސާމިލުވި ފަރާތްތައް ޖަވާބުދާރީ ނުކުރެވޭތީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަނބޮޑުވުން ފާޅުކޮށްފިއެވެ. ބޮޑުފިނޮޅުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޒާމު ފަސާދަކޮށް އިންސާނީ ވަގުފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު، މިއަދާ ހަމައަށްވެސް މިއަނިޔާގައި ބައިވެރިވާ އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވުމަކީ އިންސާނީ ވަގުފާރިއަށް ދެވޭ ހިތްވަރެއްކަމުގައި އެޖަމިއްޔާއިން ދެކޭކަމަށެވެ. މީގެ އިތުރުން އެބަޔާނުގައި ބުނ...

އަލީ އާދިލް
އެމްވީ ކްރައިސިސްއިން ފަތުރާފައި ވަނީ ދޮގު ޚަބަރެއް، ދަޢުވާ ކުރާނަން: އާރުސީސީ

އެމްވީ ކްރައިސިސްއިން ފަތުރާފައި ވަނީ ދޮގު ޚަބަރެއް، ދަޢުވާ ކުރާނަން: އާރުސީސީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ އާރުސީސީގެ އަގުވެއްޓޭ ގޮތަށް، އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ ޚަބަރު ފަތުރާފައި ވަތީ، އެމްވީ ކްރައިސިސް އާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި ދަޢުވާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ޚަބަރުތައް ގެނެސްދޭ އެމްވީ ކްރައިސިސްގެ ޓެލެގްރާމް ޗެނަލްގައި މިރޭ 20:53 ގައި ހިއްސާކޮށްފައިވާ ފޮޓޯއެއްގައި އާރުސީސީގެ ގިނަ މުވައްޒަފުންތަކެއް މާލޭގެ މަގެއްގެ މަތީގައި ތިއްބަ...

އަލީ އާދިލް