މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 989 ވަނަ ޞަފްޙާ

ބަލި ފެތުރުން އިތުރުވެފައި ވާތީ އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުކޮށްދޭން އެދިއްޖެ

ބަލި ފެތުރުން އިތުރުވެފައި ވާތީ އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުކޮށްދޭން އެދިއްޖެ

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ އުސޫލުތަކާއި އެންގުންތަކާއި އެއްގޮތަށް އަމަލު ކޮށްދިނުމަށް އެޗްޕީއޭއިން އެދިއްޖެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ވަނީ މަސައްކަތުގެ މާހައުލުގައި ޢަމަލުކުރަން ކަމާއި ގުޅޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެދިފައެވެ. މިދުވަސްވަރު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާތީ އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯވިޑ...

ޝިއުނާ އާދަމް
ބިދޭސީން ހިންގަމުންދާ ހަމަ ނުޖެހުން ތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސަށް ލަފާ އަރުވައިފި

ބިދޭސީން ހިންގަމުންދާ ހަމަ ނުޖެހުން ތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސަށް ލަފާ އަރުވައިފި

މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސް ޞާލިޙަށް ލަފާ އަރުވައިފިއެވެ. ރައީސް އޮފީހުން ބުނީ ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރު...

ޝިއުނާ އާދަމް
ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައި ދިޔައީ މިދިޔަ ސަރުކާރުގައި: އެމްޕީ ހަލީމް

ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައި ދިޔައީ މިދިޔަ ސަރުކާރުގައި: އެމްޕީ ހަލީމް

ރާއްޖެއަށް ކުރިމަތި ވެފައިވާ ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައިދިޔައީ މިދިޔަ ސަރުކާރުގައި ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަހުމަދު ހަލީމް) ވިދާޅު ވެއްޖެއެވެ. މިއަދު އޮތް މަޖިލިސް ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން އޭނާ ހުށަހެޅުއްވި ރާއްޖޭގައި ބޮޑު ވެފައިވާ ބިދޭސީންގެ މައްސަލައާއި ގުޅޭ ކުއްލި މައްސަލައިގެ ބަހުސްގައި އޭނާ ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާތަކެއްގައި ވެސް މި މައްސަލަ އޮތް ކަމަށެވެ. އެހެންނަމަވެސް […]

ޝިއުނާ އާދަމް
ކޯވިޑް-19: މިއަދުވެސް 31 މީހުންނަށް ބަލި ޖެހިއްޖެ

ކޯވިޑް-19: މިއަދުވެސް 31 މީހުންނަށް ބަލި ޖެހިއްޖެ

ކޯވިޑް-19 އަށް 31 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 31 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 31 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނާއި އިންޑިއާ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އިއްޔެވެސް ރާއްޖެއިން ވަނީ 67 މީހުން މިބައްޔަށް ޕޮޒިޓިވްވެފައެވެ. އެ […]

ޝިއުނާ އާދަމް
މިއަދު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާންނަން: ފުލުހުން

މިއަދު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާންނަން: ފުލުހުން

މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާއި މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލި...

ޝިއުނާ އާދަމް
މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި

މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި

ނ. މާފަރުގައި ތަރައްޤީކޮށް ފައިވާ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޯވިޑް ޓެސްޓް ސެންޓަރު މިއަދު ހުޅުވައިފިއެވެ. އެ ސެންޓަރު ހުޅުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރު ވެރިކަމަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މާފަރު އެއާޕޯޓު އޮތް ސަރަހައްދަކ...

ޔުމްނާ ޢަލީ
61 ރަށެއްގައި ހަދާ ޖިމް ތަކުގެ ސާމާނުތައް ހަވާލުކޮށްފި

61 ރަށެއްގައި ހަދާ ޖިމް ތަކުގެ ސާމާނުތައް ހަވާލުކޮށްފި

ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރާއްޖޭގެ 61 ރަށެއްގައި ގާއިމު ކުރާ ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ. އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއި އެކު ތަރައްޤީ ކުރަން ނިންމާފައިވާ މި ޖިމްތަކަށް ބޭނުން ވާ ސާމާނު ހަވާލު ކުރުމަށް ބޭއްވި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޚިޔާލު ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޚިޔާލު ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން މިއަދު ބުނީ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް ކު...

ޝިއުނާ އާދަމް
އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ފުލުހުންނަށް ހަމަލާ ދީފި

އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ފުލުހުންނަށް ހަމަލާ ދީފި

ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކުރަމުން ދިޔަ މުޒާހަރާ ތެރެއިން ފުލުހުންނަށް ހަމަލާ ދީފިއެވެ. އާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެ ބިދޭސީން ފުލުހުންނަށް ހަމަލާ ދީފައި ވަނީ ގަލުންނެވެ. މި ހަމަ ނުޖެހުމުގެ ތެރެއިން ފުލުހުން މިހާރު ވަނީ މިހާތަނަށް 40 ބިދޭސީއަކު ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ [...

ޝިއުނާ އާދަމް
48 މީހެއްގެ ސާމްޕަލް ނަގައި، ދުވާފަރުގައި އެޅި ފިޔަވަޅުތަކަށް ލުއިދީފި

48 މީހެއްގެ ސާމްޕަލް ނަގައި، ދުވާފަރުގައި އެޅި ފިޔަވަޅުތަކަށް ލުއިދީފި

މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު 48 މީހެއްގެ ސާމްޕަލް ނަގައި، ރަށުގައި އެޅި ރަށްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފިއެވެ. ދުވާފަރު ކައުންސިލުން ބުނީ 2020 ޖޫން 19 ވަނަ ދުވަހު މާލެއިން ދުވާފަރަށް ހޯމް ކަރަންޓީނަށް ގެންދެވުނު މީހުންގެ ތެރެއިން 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން 2020 ޖުލައި 11 ވަނަ ދުވަހު އެޗްޕީއޭއިން […]

ޝިއުނާ އާދަމް
ހދ އަތޮޅުން ލ އަތޮޅަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށްފި

ހދ އަތޮޅުން ލ އަތޮޅަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށްފި

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކޮށް، ހދ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހދ އަތޮޅުން ފެށިގެެން ލ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ފަތިހު 5:00 އިން ފެށިގެން ހެނދުނު 11:00 އާއި ހަމައަށެވެ. އެ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތުގައި ފަތިހު […]

ޔުމްނާ ޢަލީ
ހިޔާ ފްލެޓް ތަކުގެ %75 މާލޭ މީހުންނަށް ދިނުމަށް ގޮވާލައިފި

ހިޔާ ފްލެޓް ތަކުގެ %75 މާލޭ މީހުންނަށް ދިނުމަށް ގޮވާލައިފި

ހުޅުމާލޭ ފޭސްގައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓްތައް ދޭއިރު، އެ ފްލެޓްތަކުގެ މަދުވެގެން 75 އިންސައްތަ މާލޭގެ ރައްވެހިންނަށް ހާއްސަ ކުރުމަށް މާލޭ ރަށްވެހިންގެ ޖަމްޢިއްޔާއިން ގޮވާލައިފިއެވެ. އެ ޖަމްޢިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މާލޭ ރައްވެހިންނާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަހަރުތަކެއް ހޭދަވެފައި ވާކަމަށެވެ. މިހާރު އެ ފްލެޓްތަކުގެ ޙައްޤުވެރިންނަށް ދެނެގަނެ، ފްލެޓްތައް ހަވާލު ކުރުމުގެ މަގުމަތީގައިވާ މާލޭ ހިޔާ ފްލެޓްތަކަކީ އެ މައްސަލަ...

އަލީ އާދިލް
ކުދިން ތަރުބިއްޔަތު ކުރުމުގައި ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަކީ މުހިއްމުކަމެއް: މިނިސްޓަރު ޔުމްނާ

ކުދިން ތަރުބިއްޔަތު ކުރުމުގައި ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަކީ މުހިއްމުކަމެއް: މިނިސްޓަރު ޔުމްނާ

ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިންނާއި ސްކޫލް މަދަރުސާގައިވެސް އެކުދީން ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތްކަތް ކުރުމަކީ މުހިއްމު ކަމެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ. ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެކަމަނާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ފޮތް ކިޔުމަކީ މަޢުލޫމާތު މުއްސަނދިކޮށް، އުނގެނުމުގެ އަސާސީ މަސްދަރެއް ކަމުގައިވާއިރު، ޒަމާނީ ޓެކްނޮލޮޖީ އާއިއެކު ޒުވާން ޖީލު މި މުހިއްމު އާދައާއި ކޮންމެވެސް މިންވަރަ...

ޝިއުނާ އާދަމް
ގެސްޓު ހައުސްއެއްގައި އިންޑިޔާ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގެސްޓު ހައުސްއެއްގައި އިންޑިޔާ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގެސްޓު ހައުސްއެއްގައި އިންޑިޔާ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގައި، ހުއްދަ ނުނަގާ ގެސްޓް ހައުސްއެއް ގޮތަށް ހިންގާ ތަނެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 17:51 ހާއިރު ފުލުހުއްނަށް ހުށަހަޅާފައިވާކަމަށެވެ. ފުލުހުން ބުނެފައިވަނީ ނިޔާވެފައިވަނީ އިންޑިޔާގެ ރައްޔިތެއްކަމަށެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން ދަނީ އެތަނުގައި ހަރަކާތްތެރިވަމުންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއ...

ޔުމްނާ ޢަލީ
ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ފުރުން މަނާކޮށްފި

ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ފުރުން މަނާކޮށްފި

ކޯޓު އަމުރެއްގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ނޫސްވެރިންނަށް މިކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަލީ ވަހީދާއި ގުޅޭގޮތުން ފުލުހުން ބަލަމުން އަންނަނީ ޖިންސީ ގޯނާގެ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ވެސް ބަލައި ފާސްކޮށްފައެވެ. […]

އަލީ އާދިލް