ގެސްޓު ހައުސްއެއްގައި އިންޑިޔާ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގައި، ހުއްދަ ނުނަގާ ގެސްޓް ހައުސްއެއް ގޮތަށް ހިންގާ ތަނެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 17:51 ހާއިރު ފުލުހުއްނަށް ހުށަހަޅާފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ ނިޔާވެފައިވަނީ އިންޑިޔާގެ ރައްޔިތެއްކަމަށެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން ދަނީ އެތަނުގައި ހަރަކާތްތެރިވަމުންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!