އެވިޑް ކޮލެޖްގެ އަންނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި
އެވިޑް ކޮލެޖްގެ 2021 ވަނައަހަރުގެ ޖެނުއަރީ ސެމެސްޓަރގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ. އެ ކޮލެޖްގެ ފަރާތުން 13 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހު ފޭސްބުކް ލައިވް މެދުވެރިކޮށް ބޭއްވި ވާރޗުއަލް އޯޕަންޑޭގެ ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާ އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއަރަމަން އަލްފާޟިލް އަބްދުﷲ މުސްތާޤް ރަޝާދުއެވެ. ތަފާތު ގިނަ ދާއިރާތަކަކުން ހަތްދިހައަށް ވުރެ ގިނަ ކޯސް...