ބޮޑުތަކުރުފާނު ނިސްބަތްވާ ސަރަޙައްދާއިމެދު ސުވާލުއުފައްދާނެ ޖާގައެއް ނެތް
ދިވެހިރާއްޖޭގެ 78 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ”ބޮޑުތަކުރުފާނު ވާހަކަ: ފޯކުލޯރާއި ދިރާސީ ހަޤީޤަތް” ނަމުގައި ޚާއްޞަ ދަރެސްއެއް ގެނެސްދީފިއެވެ. މިއަދު ހަވީރު ޔޫޓިއުބު މެދުވެރިކޮށް ގެނެސްދެއްވި މި ދަރެސް ހުށަހަޅުއްވައި ދެއްވީ އެ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ. އެ ދަރެސް ފަށްޓަވަމުން އަލާ ވިދާޅުވީ އެ ދަރެސްގައި ގެނެސް ދެއްވަނީ ޤައުމީ ދުވަސް އެބޭފުޅަކަށް ޚާއްޞަ ކުރެވިފައިވާ އައްސުލްޠާން […]