މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 943 ވަނަ ޞަފްޙާ

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ

އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަމުން ގެންދާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި، ވޯލްޑް މެންޓަލް ހެލްތު ޑޭ އާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިޔު އެޗްއޯއިން ކުރިޔަށް ގެންދިޔަ، ދަ ބިގް އިވެންޓް ފޯރ މެންޓަލް ހެލްތުގައި ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖުގައެވެ. ދިވެހި ބަހުން ރައީސުލްޖުމުހޫރިއްޔާ ދެއްވި މި މެސެޖުގައި ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމ...

ޔުމްނާ ޢަލީ
ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ، ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއް: ނައިބު ރައީސް

ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ، ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއް: ނައިބު ރައީސް

ހިތާއި ސިކުޑިއަށް ލިބޭ ވޭނަކީ ހަށިގަޑަށް ލިބޭ ފުން ޒަޙަމަކަށް ވުރެ ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެއެވެ. ދުނިޔޭގެ މެންޓަލް ހެލްތް އެވެއާރނެސްޑޭ އާއި ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ މި ހާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގ...

މުޙައްމަދު އިނާން
ފެނަކަ އިން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރަނީ

ފެނަކަ އިން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރަނީ

ފެނަކަ ކޯޕަރޭޝަނުން ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ޕްރޮޖެކްޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފެނަކަ އިން ބުނީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، އެ ޕްރޮޖެކްޓު ނިމުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ […]

ޔުމްނާ ޢަލީ
ދުނިޔޭގެ ޕޯސްޓް ދުވަހާ ގުޅިގެން ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް އޮއްސާލައިފި

ދުނިޔޭގެ ޕޯސްޓް ދުވަހާ ގުޅިގެން ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް އޮއްސާލައިފި

ދުނިޔޭގެ ޕޯސްޓްގެ ދުވަހާ ގުޅިގެން، ދިއްދޫގައި ޕޯސްޓްގެ ޚިދުމަތަށް އެދި ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި މިއަދު އޮއްސާލައިފިއެވެ. ދިއްދޫގައި ދާދި ފަހުން ޙަރަކާތްތެރިވާން ފަށާފައިވާ ޖަމާޢަތެއް ކަމުގައިވާ “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފަރާތުން އިސްނަގައިގެން، މިއަދު ހެނދުނުއްސުރެ ފޭސްބުކްގައާއި ޓުވިޓަރގައި، ދިއްދޫ ރައްޔިތުންގެ ފޮޓޯއާއެކު ޕޯސްޓްގެ ޚިދުމަތަށް އެދޭކަމުގެ މެސެޖްތައް ދަނީ ޕޯސްޓްކުރަމުންނެވެ. އެ ގޮތުން ދިއްދޫގެ ޒުވާނުންނާއި، ވިޔަފާރިވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކު...

ތިލަދުން
ކޯލިޝަން ވަޒީރުން އެމްޑީޕީ ފިކުރަށް ބަދަލުވާން ޖެހޭ: ރާޢީ

ކޯލިޝަން ވަޒީރުން އެމްޑީޕީ ފިކުރަށް ބަދަލުވާން ޖެހޭ: ރާޢީ

އެމްޑީޕީ ސަރުކާރާއިއެކު މަސައްކަތްކޮށް، އެ ޕާޓީގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒު ކުރުމަށް ކޯލިޝަން ވަޒީރުން، އެމްޑީޕީގެ ފިކުރަށް ބަދަލުވާން ޖެހޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅު ވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ”އިންތިހާބަށް ނުކުންނާނީ އެމްޑީޕީ ވަކިންކަން ނުވަތަ ނޫންކަން އަވަހަށް ނިންމަން ޖެހޭ: އާޒިމް” މި ސުރުޚީ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އެވެ. ރާޢީ ވިދާޅުވީ އެއީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެމް.ޑީ.ޕީ ގެ […]

އަޙްމަދު ވަހީދު
ތ. ގުރައިދޫ ގެގެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

ތ. ގުރައިދޫ ގެގެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިހާރު އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެ ގޭގައި ހުރި ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކު ވެފައިއެވެ. ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީޤް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު 11:45 ހާއިރު ކަމަށެވެ. ”އެވަގުތު އަޅުގަނޑުމެންތިބީ މިސްކިތުގައި، މިސްކިތުން ނިމިގެން ދިޔައިރު އާންމުންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވާލައިފި، މީހަކަށް ގެއްލުމެއް […]

ޔުމްނާ ޢަލީ
މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުން ޑީޖޭއޭ އަށް

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުން ޑީޖޭއޭ އަށް

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހަމަޖައްސައިފި އެވެ. މިކަން ހާމަކުރައްވައި ބަންޑާރަ ނާއިބުގެ އޮފީހުން ރޭ ނެއްރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓަރނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމުގައި، އެ ޤާނޫނުގެ 187 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެ އިދާރާއަކީ، ޑިޕާޓްމަ...

ޝިއުނާ އާދަމް
އިންޑިއާއާއި ދެކޮޅަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރާތީ ކަންބޮޑުވޭ: ނަޝީދު

އިންޑިއާއާއި ދެކޮޅަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރާތީ ކަންބޮޑުވޭ: ނަޝީދު

އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މަޖިލިސްގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ. ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިއެސްއައިއެސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ދިދާގައި މިހާރުވާ ލިޔުން އައިއެސްއައިއެސ...

އަލީ އާދިލް
އަނބުރާ މުޖުތަމައުއަށް ނުކުންނަ ޤައިދީންނަށް، ސެޓެލްކޯއިން "ފަހި ފުރުޞަތު" 

އަނބުރާ މުޖުތަމައުއަށް ނުކުންނަ ޤައިދީންނަށް، ސެޓެލްކޯއިން "ފަހި ފުރުޞަތު" 

ޤައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް، މިއަދު “ފަހި ފުރުޞަތު” އެއްބަސްވުމުގައި ސޮއިކުރައްވައިފި އެވެ. ޤައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއެކު “ފަހި ފުރުޞަތު” އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު އެވެ. ސްޓެލްކޯއާ، ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވ...

އަލީ އާދިލް
މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު: އިމްރާން

މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު: އިމްރާން

މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާ...

ޝިއުނާ އާދަމް
މޯލަޑިވްސް ގޭސްގެ ފަރާތުން ރެޑް ކްރެސެންޓްއަށް އެހީ އެއް!

މޯލަޑިވްސް ގޭސްގެ ފަރާތުން ރެޑް ކްރެސެންޓްއަށް އެހީ އެއް!

މޯލްޑިވެސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މޯލްޑިވިއަން ރެޑް ކްރެސެންޓްއަށް 50،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ. މޯލްޑިވިއަން ރެޑް ކްރެސެންޓް އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މޯލްޑިވްސް ގޭސް އިން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށާއި، އަދި މި އެހީތެރިކަން ބަލައިގަންނަކަމަށެވެ. އަދި އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭތީ ޝުކުރުވެރިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރެޑް ކްރެސެންޓްގެ ފަރ...

މުޙައްމަދު މާއިލް ހަސަން
އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި

އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި

ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ޙަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ. މި މަޝްރޫޢުގެ ދަށުން އަނގޮޅިތީމުގައި 221 މީ...

ޝިއުނާ އާދަމް
ފަންނީ ގާބިލް މުވައްޒަފުން ބިނާކުރުމަށް، "ފެނަކަ ޓްރެއިނިންގ އިންސްޓިޓިއުޓް" ގާއިމުކޮށްފި

ފަންނީ ގާބިލް މުވައްޒަފުން ބިނާކުރުމަށް، "ފެނަކަ ޓްރެއިނިންގ އިންސްޓިޓިއުޓް" ގާއިމުކޮށްފި

ފެނަކައިގެ މުވައްޒަފުންނަކީ ފަންނީ ގާބިލް މުވައްޒަފުންނަށް ހެދުމަށްޓަކައި ޚާއްޞަ ޓްރެއިނިންގ އިންސްޓިޓިއުޓްއެއް “ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް”ގެ ނަމުގައި ގާއިމުކޮށްފި އެވެ. މިކަމާއިގުޅިގެން ފެނަކައިން ބުނީ ‏އެކުންފުނީގެ ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޓްރެއިނިންގ އިންސްޓިޓިއުޓްއެއް ރަޖިސްޓަރީކޮށް، ވުޖޫދު ކުރެވިފައި ވާކަމަށެވެ. 3300 އަށްވުރެ ގިނަ މުވައްޒަފުން ޚިދުމަތް ކުރައްވަމުންދާ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައ...

އަލީ އާދިލް
''މަހާ ޖައްރާފު'' ހުސް ދިވެހިންނާއިއެކު، ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފަހައްޓައިދޭނެ

''މަހާ ޖައްރާފު'' ހުސް ދިވެހިންނާއިއެކު، ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފަހައްޓައިދޭނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހިން ގޮތުގައި ހަމަޖައްސާފައިވާއިރު، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު ހިފެހެއްޓޭނެ ކަމަށް އެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާ ޖައްރާފުގެ ހުރިހާ މުވައްޒަފުން ހުސް ދިވެހިންނަށް ބަދަލު ކުރުމާއި ގުޅިގެން، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި އަހަރަކު 1 މިލިއަން ޑޮލަރު […]

ޝިއުނާ އާދަމް
ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވް

ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އެތަނުގައި ތިބި ކުދިންތަކެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަމަހުގެ 30 ވަނަ ދުވަހު ފިޔަވަތީގައި ކުދިން ބަލ...

އަޙްމަދު ވަހީދު