ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
މިއަދު ނިޔާވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 7 ބިދޭސީންނެވެ.
ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިއަހަރުގެ މަރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން 11154 މިހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް ބައްޔަށް ފަރުވާހޯދަމުންދާ 1117މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 49މީހުންނަށްދަނީ ފަރުވާދެމުންނެވެ.
Today at 07:00am, a 67 year old Maldivian male admitted at HMF has passed away.
This is the 36th #COVID19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) October 17, 2020
އިއްޔެ އެކަނިވެސް ރާއްޖެއިން 41 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިގެތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 4 ބިދޭސީންނެވެ.
އަތޮޅުތަކުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 60 ދިވެހިންނާއި، 9 ބިދޭސީން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!