ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

Ad
rt

އެންމެ ފަހުން ރާއްޖެއިން ކޯވިޑް ޖެހިގެން މީހަކު މަރުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑ ހަލުވި މިނެއްގައި ޖެހޭ މީހުންގެ ޢަދަދު އިތުރު ވުމަށްފަހު މިހާރު ވަނީ އެބަލި ޖެހޭ މީހުންގެ ޢަދަދު ދަށްވާން ފަށާފައެވެ. ރާއްޖޭގައި ކޯވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 820 މީހެކެވެ. އަދި އެބަލިން ވަނީ މިހާތަނަށް 11،244 މީހުން ރަނގަޅު ވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޖުމްލަ 12،112 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.