ކޯވިޑް19 އަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ.

މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 43 ވަނަ މީހާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ ކޯވިޑް އަށް ފަރުވާ ހޯދަމުން ދިޔަ 57 އަހަރުގެ ފިރިހެނަކު އިއްޔެ ވެސް ވަނީ ނިޔާވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ، 45 އަހަރުގެ އަންހެނަކުވެސް ނިޔާވެފަ އެވެ.

Ad
rt

އެޗްޕީއޭއިން ވިދާޅުވީ މިއަދު 10:50ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް ޖެހިގެން މީހަކު ނިޔާވެފައި ވަނީ އެޕްރީލް 30ގަ އެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 12,154އަށް އަރާފައިވާއިރު މިހާރުވެސް 48 މީހަކަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. އަދި ބަލި ޖެހިގެން 843 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އިއްޔެ ރާއްޖެއިން 42 މީހަކު ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ.