މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,850 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 926 ވަނަ ޞަފްޙާ

އުފާވެރި ޚަބަރެއް، ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ލިބޭނެ

އުފާވެރި ޚަބަރެއް، ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ލިބޭނެ

ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 3 މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް ހައްދުއްމައްޗަށް ކުރަށްވަމުން ގެންދަވާ ދަތުރު ފުޅުގައި، ލ. ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހ...

ޔުމްނާ ޢަލީ
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 ނިމިފައި ވާކަމަށެވެ. މީގެއިތުރުން ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 ނިންމާލެވިފައިވާ ކަމަށާއި އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ...

އަޙްމަދު ވަހީދު
ހާލުގައި ޖެހުނު ލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ސްރީލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފްއިން ބުނީ، ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން “ބުރެވި”ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ “މޫސުން 7” ނަމަކަށް ކި...

އިބްރާހިމް އަސްވާޤް
ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުން ގަލް އޮފް މަނާރުގައި ކަމަށެވެ. މި ތޫފާނު ދަތުރު ކުރަމުންދަނީ […]

ޔުމްނާ ޢަލީ
އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވަނީ

އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވަނީ

“ބުރެވި” ތޫފާން ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް މިހާރު އަރާފައިވާއިރު، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަވަމުންކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ “ބުރެވި” ތޫފާން ހުޅަނގުއުތުރަށް ދަތުރުކޮށް 3 ޑިސެންބަރު ގެ ހެނދުނު ކޮމޮރިން ސަރަހައްދު ތެރެއަށް ދާނެކަމަށެވ...

އިބްރާހިމް ޚަލީލް
މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަށް ތަރުޙީބެއް ނުދެން: މިނިސްޓަރު

މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަށް ތަރުޙީބެއް ނުދެން: މިނިސްޓަރު

‏ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށް ބޭތިއްބުމާއި، އަވީގައި ބޭތިއްބުމަކީ ތަރުޙީބުދޭ ކަމެއްނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ”މަރުޙަބާ ކިޔުމުގައި ސްކޫލްތަކުގެ ދަރިވަރުން ޢަމަލުކުރަންވީގޮތް” 3 ޑިސެމްބަރު 2018 ގައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާއެއް ހިއްސާ ކުރަށް ވަމުން ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މ...

ޔުމްނާ ޢަލީ
ކުދި އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ކުދި އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފްއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ “ބުރެވި” ތޫފާނުގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެއެވެ. އެމްއެންޑީއެފްއިން ބުނީ، މި ތޫފާނުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ،...

އިބްރާހިމް އަސްވާޤް
މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގ ގެ މައްސަލަތައް ހުއްޓުވުމަށް އެއްބަސްވުމެއް

މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގ ގެ މައްސަލަތައް ހުއްޓުވުމަށް އެއްބަސްވުމެއް

މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގ ގެ މައްސަލަތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އަށް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) އިން އެހީތެރިކަން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙަ...

ޔުމްނާ ޢަލީ
ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރުކޮށް، ހުރިހާ ރަށެއްގައި މާސްކު އަޅަން އަންގައިފި

ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރުކޮށް، ހުރިހާ ރަށެއްގައި މާސްކު އަޅަން އަންގައިފި

ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، މާލެއިން އަތޮޅުތެރެއަށާއި، ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ މީހުންނާއި، އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނުވުމުގެ މުއްދަތު 10 ދުވަސް ކަމަށް ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިިހާ ރަށަކާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި ޢިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ކޯވިޑް-19...

އަޙްމަދު ވަހީދު
"އޭޝިއަން ޕަވަރ އެވޯޑްސް 2020"ގެ 4 އެވޯޑެއް ފެނަކަ އަށް

"އޭޝިއަން ޕަވަރ އެވޯޑްސް 2020"ގެ 4 އެވޯޑެއް ފެނަކަ އަށް

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ “އޭޝިއަން ޕަވަރ އެވޯޑްސް”ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، ޒަމާންވީ ކިލަނބު ނަމާއިއެކު ޒިންމާދާރުކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިނގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއިއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ ޢަޒުމުގައި ފެނަކައިގެ ޙަޤީޤީ މަޤާމަށް ވާޞިލުވުމަށް ފެނަކައިން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤް...

ޔުމްނާ ޢަލީ
ސަމާލުވޭ، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި

ސަމާލުވޭ، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި

މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނީ “ބުރެވި” ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށެވެ. މިތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ...

ޝިއުނާ އާދަމް
ގައިދުރުކަން ކަށަވަރުކުރުމަށް ރިސޯޓުތަކުގައި ތަފާތު ގޮތްތަކެއް!

ގައިދުރުކަން ކަށަވަރުކުރުމަށް ރިސޯޓުތަކުގައި ތަފާތު ގޮތްތަކެއް!

ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހީނަރުވެފައިވާ ޓޫރިޒަމްގެ ސިނާޢަތުގައި އަލުން ފައިތިލަ ސާބިތުކުރުމަށް ދިވެހިރާއްޖެ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންވެސް ތަބާވާން ޖެހޭ ވަކި ޤަވާއިދުތަކެއް އެޗްޕީއޭގެ ލަފާގެ މަތިން ވަނީ އެކުލަވާލާފައެވެ. މި ގޮތުން އެންމެ ބޮޑު އެއް އިސްކަމެއް ދޭން ޖެހެނީ ދޭދޭ މީހުންގެ ދެމެދުގައި ގައިދުރުކަން އިސްކުރުމަށެވެ. އެހެން ޤައުމުތަކާއި ޚިލާފަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ޤައިދުރުކަން ކަށަވަރުކުރަނީ ވަރ...

މުޙައްމަދު މާއިލް ހަސަން
ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ރާއްޖެއަށް އަސަރުކުރާނެ

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ރާއްޖެއަށް އަސަރުކުރާނެ

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ކުރިން ލަފާކޮށްފައި ވަނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރުގައި ދުރުގައި އުފެދިފައިވާ ކޮޅިގަނޑު...

ޔުމްނާ ޢަލީ
އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ޖަލުގައި ހަފްލާއެއް ބާއްވައިފި

އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ޖަލުގައި ހަފްލާއެއް ބާއްވައިފި

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލެ ޖަލުގެ މެޑިކަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ގައި މިއަދު ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މީގެ އިތުރުން ޑެޕއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އަދި މާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އޮފިސަރުން ބައިވެރިވެލެއްވިއެވެ. ކޮމިޝަނަރ އޮފް ޕްރ...

އަލީ އާދިލް
"އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

"އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

އިޖުތިމާއީ މައްސަލަތައް އުފެދުމުގެ މައިގަނޑު އަސްލެއް ކަމުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅޭގޮތުން އާއްމުންގެ އަޑު އުފުލުމަށްޓަކައި އަމިއްލަ ޖަމިއްޔާއެއް “އާއްމުންގެ އެކުވެރި ގުޅުން” މި ނަމުގައި ޖަމިއްޔާއެއް މިއަދު ރަޖިސްޓްރީ ކޮށްފިއެވެ. މިއީ، މިހާރުވެސް ހިޔާ ފްލެޓްތަކަށް ގެނައި ބަދަލުތަކާއި އޭގެ ސަބަބުން އާއްމުންނަށް ދިމާވަމުންދާ ދަތިތައް ހިއްސާކުރުމަށް އުފައްދާފައިވާ ވައިބާ ކޮމިއުނިޓީ “ކޮތަރު ކޮށި” ގްރޫޕް ހިންގާ ފަރާތްތަކުން އިސްނަގައިގެން އުފެއްދި ޖަމިއްޔާއެއްކަމަށް މަޢުލޫމާތު ލިބެއ...

ޔުމްނާ ޢަލީ