ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހީނަރުވެފައިވާ ޓޫރިޒަމްގެ ސިނާޢަތުގައި އަލުން ފައިތިލަ ސާބިތުކުރުމަށް ދިވެހިރާއްޖެ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން، ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންވެސް ތަބާވާން ޖެހޭ ވަކި ޤަވާއިދުތަކެއް އެޗްޕީއޭގެ ލަފާގެ މަތިން ވަނީ އެކުލަވާލާފައެވެ. މި ގޮތުން އެންމެ ބޮޑު އެއް އިސްކަމެއް ދޭން ޖެހެނީ ދޭދޭ މީހުންގެ ދެމެދުގައި ގައިދުރުކަން އިސްކުރުމަށެވެ. އެހެން ޤައުމުތަކާއި ޚިލާފަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ޤައިދުރުކަން ކަށަވަރުކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ.
އަމިއްލަ ވިލާ ތަކުން ފެށިގެން ކަނޑުއަޑީގެ ކޮޓަރިތަކުން ހިއްގައިމުކަން ލިއްބައިދޭއިރު، ޤައިދުރުކަން ކަށަވަރުވަނީ މުޅީން އެހެން ގޮތަކަށެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއިން "ގައިދުރުކަން މިހާ ހިތްޤައިމުކޮށް ނުދެކެން" ފަދަ ޝިޢާރުތަކުގައި ކެންޕޭނު ފައްޓަވާފައިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ޤައިދުރުކަން އިސްކޮށްފައިވަނީ ޤުދުރަތީ ރީތި ފެހިކަމުގެ ތެރޭގައި ކެއުމަށް އިންސާފުކުރެވޭނެފަދަ ގޮތަކަށެވެ. ޓެރާގެ ނަމުން ނަންދީފައިވާ ރެސްޓޯރެންޓް ގަސްތަކުގެ ތެރޭގައި ބިމުންމަތީގައި ހަދާފައިވާއިރު، ކޮންމެ މޭޒަކީ ވަށް ބުރެއް ކަހަލަ އެއްޗެއްގެ ތެރޭގައި ހަދާފައިވާ މޭޒެކެވެ. އެހެންކަމުން އެއް ޢާއިލާ އާއި އަނެއް ޢާއިލާ އާއި ދެމެދު ގައިދުރުކަން ކަށަވަރުވެއެވެ.

ސީއެންއެން އިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު ވޯޓާ ފްރަންޓް ރެސްޓޯރަންޓްތަކުގެ ތެރޭގައި މި ރެސްޓޯރަންޓް ހިމެނެއެވެ. މި ރެސްޓޯރަންޓް ފަރުމާކޮށްފައި ވަނީ އޮނު ބޭނުންކޮށްގެން މަތިން ވަށައިގެން އުޑުމަތި ފެންނަ ގޮތަށެވެ. މި ރެސްޓޯރަންޓް ހާއްސަކޮށްފައި ވަނީ ޕްރައިވެޓް ޑިނާތަކަށެވެ. އެގޮތުން، ޕްރައިވެޓް ހަތް ޑިނާ ސެޓް މި ތަނުގައި ހުރެ އެވެ.
ކޮންރަޑް މޯލްޑިވްސް އޭ ބުނެފިނަމަ އެ ރިސޯޓު އިނގޭ ކޮންމެ މީހެއްގެ ޚިޔާލަށް އަންނާނީ ކަނޑު އަޑީގައި ޤާއިމުކޮށްފައިވާ ރެސްޓޯރެންޓްއެވެ. 'މުރަކަ' އިގެ ނަމުން ނަންދީފައިވާ މި ރެސްޓޯރެންޓްއަކީ ކަނޑުގެ އަޑިން 16 ފޫޓު އަޑީގައި ހަދާފައިވާ ރެސްޓޯރެންޓްއެކެވެ. އަދި މިއީ ވަކިން ކެއުމަކަށް އިންސާފުކޮށްލުމަށް އެފަދަ ދެވަނައެއް ނުވާ ފަދަ ރެސްޓޯރެންޓްއެކެވެ. އަދި ކަނޑު އަޑީގައި ހަދާފައިވާ ރެސްޓޯރެންޓެއް ކަމުން، މި ރެސްޓޯރެންޓްގައި ކެއުމަށް އިންސާފުކުރާއިރު ގިނަ ބަޔަކަށް އެއް ފަހަރާ ނުވަދެވޭނެއެވެ.

މިފަދަ ގިނަ ރެސްޓޯރެންޓްތައް ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ހުރި އިރު، ރިސޯޓުތަކުގެ ކޮޓަރި ތަކަކީވެސް ޤައިދުރުކަން އިސްކޮށް އެކަކު އަނެކަކާއި ފަސޭހައިން ބައްދަލު ނުވެވޭ ގޮތަށް "ސިއްރު ހިފެހެއްޓިފައިވާ" ޕްރައިވެސީ ލިބޭ ކޮޓަރިތަކެކެވެ. އަދި މީގެ ސަަބަބުން ކޯވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުން އިތުރަށް ރައްކާތެރިކޮށްދެއެވެ.
ބައެއް ރިސޯޓުތަކުގެ ގޮނޑުދޮށުގައި 'ބަބްލް' އެއް ގޮތަށް ކޮޓަރި އެތުރިފައިވާ އިރު، އަނެއްބައި ރިސޯޓުތަކުގައި ޖެހިޖެހިގެން ވިލާތައް އެތުރިފައިވީ ނަމަވެސް، އަވައްޓެރިޔާގެ އެއްވެސް ހިލަމެއް ނުވާ ގޮތަށް ރިސޯޓުތައް ފަރުމާ ކުރުން ވެގެން ގޮސްފައިވަނީ ކޯވިޑް-19 ފަދަ ބަލިމަޑުކަމެއްގައި ޤައިދުރުކަން އިސްކުރުމަށް އެންމެ އެކަށޭނެ ގޮތްކަމަށެވެ.

ދިވެހިރާއްޖެ މި ވަގުތު މަޝްހޫރުވެގެން ގޮސްފައި މިވަނީ ތަފާތު ގޮތަކަށް ޓޫރިސްޓުންނާއި އެކު ޤައިދުރުކަން އިސްކުރުމަށް މަސައްކަތް ކުރާ ޤައުމެއްގެ ގޮތުގައެވެ. މިކަންކަމަކީ މީގެ ކުރިންވެސް ރިސޯޓްތަކުން ދެމުން އައި ޚިދުމަތްތަކަށް ވިޔަސް މިދުވަސްވަރު ބޭރު ދުނިޔޭގައި މިކަންކަމަށްވަނީ ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!