މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 915 ވަނަ ޞަފްޙާ

އޮޅުވެލި ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް

އޮޅުވެލި ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް

އޮޅުވެލި ބީޗު ރިސޯޓްގެ ގެސްޓް ކޮޓަރި ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 2 ކޮޓަރިއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގިކަން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ރޭ 00:25 ހާއިރު ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ ފަޔަރއެން ރެސްކިއުގެ ލޯންޗެއް ހަރަކާތްތެރިވާން ފެށި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓުގެ ގެސްޓް 4 ކޮޓަރީގެ ބްލޮކެއްގައެވެ. އޭގެ ތެރެއިން 2 ކޮޓަރިއަށް ވަރަށް ބޮޑަށް...

ޔުމްނާ ޢަލީ
ސީއެމްބިއުލާންސަކާއި ލޯންޗެއް ޖެހި، 3 މީހަކަށް އަނިޔާވެއްޖެ

ސީއެމްބިއުލާންސަކާއި ލޯންޗެއް ޖެހި، 3 މީހަކަށް އަނިޔާވެއްޖެ

ސީއެމްބިއުލަންސް ލޯންޗަކާއި، އެހެން ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ މެންދަމު 01:00 ހާއިރު ކަމަށް އެންއެންޑީއެފުން ރޭ ވިދާޅުވެފައި ވެއެވެ. މި ހާދިސާގައި ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވ...

ޝިއުނާ އާދަމް
ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ. އެމްއެންޔޫއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި އެ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 21 ޖަނަވަރީ 2021ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް studentservices@mnu.e...

ޔުމްނާ ޢަލީ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ފުރުޞަތުތަކެއް

ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ފުރުޞަތުތަކެއް

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް، މަތީ ތަޢުލީމުގެ ފުރުޞަތުތަކަކަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ، 2021/2022 ވަނަ އަހަރަށް އޮސްޓްރިއާ ސަރުކާރުން ހުޅުވާލައިފައިވާ ސްކޮލަރޝިޕް ފުރުސަތަށާއި، 2021 ވަނަ އަހަރުގެ ”ކޮމަންވެލް ސްކޮލަރޝިޕް އިން ޔޫކޭ” ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ މިނިސްޓްރީއިން ބުނީ 2021/2022 ވަނަ އަހަރަށް އޮސްޓްރިއާ ސަރުކާރުން ހުޅުވާލައިފައިވާ ސްކޮލަރޝިޕް ފުރުސަތުތ...

އަޙްމަދު ވަހީދު
ސްޓެލްކޯގެ މަޝްރޫޢުތަކުގައި މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

ސްޓެލްކޯގެ މަޝްރޫޢުތަކުގައި މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ އެކި އެކި މަޝްރޫއުތަކުގައި މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ސްޓެލްކޯއިން ކުރި ޢިއުލާނެއްގައި ވަނީ އެ ކުންފުނީގެ ފަރާތުން ހިންގާ އެކި އެކި މަޝްރޫޢުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. އެގޮތުން މި ކަމަށް ޝައުގުވެރިވާ މީހުންނަކީ އުމުރުން 18 އަހަރާއި 45 އަހަރާއި...

ޝިއުނާ އާދަމް
ޒުވާން ދަރުމަވެރިން އުފެއްދުމުގެ ޤައުމީ ޕްރޮގްރާމެއް

ޒުވާން ދަރުމަވެރިން އުފެއްދުމުގެ ޤައުމީ ޕްރޮގްރާމެއް

ޤައުމީ ފެންވަރުގައި ޒުވާން ދަރުމަވެރިން އުފެއްދުމުގެ ގޮތުން “ނެޝަނަލް ޔޫތް ވޮލަންޓިއަރ ޕްރޮގްރާމް”ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ފަށާ މި ޕްރޮގްރާމަކީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ މެދުގައި އިސްނެގުމުގެ ރޫޙު އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ޤ...

އަޙްމަދު ވަހީދު
މާލޭ ސިޓީ ފިޔަވައި ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭންފެށި ސަރަޙައްދަކަށް އައްޑޫ ސިޓީ

މާލޭ ސިޓީ ފިޔަވައި ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭންފެށި ސަރަޙައްދަކަށް އައްޑޫ ސިޓީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި އެންޑޮސްކޮޕީގެ ޚިދުމަތްފަށައި، މާލެ ސިޓީ ފިޔަވައި، އެންމެ ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފެށި ސަރަޙައްދަކީ އައްޑޫ ސިޓީކަމުގައި ހިމެނިއްޖެއެވެ. މިގޮތުން އައްޑޫގައި މިހާރު ހިންގަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އޭއީއެޗްގައި އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފެށިކަން އެ ހޮސްޕިޓަލުން އިއްޔެ ވަނީ ހާމަކުރަށްވާފައެވެ. އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ޚާއްޞަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ. އެ ޚިދުމަތް އެ ހޮސްޕިޓަލްގައި...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ  ފޭރުމުގެ ހާދިސާއެއް

ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ފޭރުމުގެ ހާދިސާއެއް

މާލެ ސިޓީގެ، ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު، އޭނާގެ އަތުން ފޭރިއްޖެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ބިދޭސީއަކަށް ހަމަލަދިނުމަށްފަހު، އޭނާގެ ފޯނާއި ވޮލެޓު ފޭރިގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މި ހަމަލާއަށް ފަހު އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ފުލުހުން ނުދެއްވަ އެވެ. ނަމަވެސް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އެއް ފައި...

ޝިއުނާ އާދަމް
މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް "ސީއެސްވިއުގަ އޮންލައިން ޕޯޓަލް" އިފްތިތާޙުކޮށްފި

މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް "ސީއެސްވިއުގަ އޮންލައިން ޕޯޓަލް" އިފްތިތާޙުކޮށްފި

ސިވިލް ސަރވިސް ކޮމިޝަންއިން ސީއެސްވިއުގަ، އޮންލައިންކޮށް، އިންޓަރނެޓުގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، “ސީއެސްވިއުގަ އޮންލައިން” ޕޯޓަލް މިއަދު ތައާރަފުކޮށްފިއެވެ. މި ޕޯޓަލް ތައާރަފުކޮށްފައިވަނީ މިއަދު ހެދުނު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ޙާއްޞަ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނެވެ. ސީއެސްވިއުގަ އޮންލައިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް...

ޔުމްނާ ޢަލީ
އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން: ޑރ. އިޔާޒް

އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން: ޑރ. އިޔާޒް

ސެއިޚް އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން ކަމަށް ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. އިޔާޒް މިހެން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާނާއި، ޑރ. އިޔާޒާއި ގުޅުވައިގެން، އިމްރާންގެ ފަރާތްޕުޅުން އިޔާޒަށް މަންފާ ލިބޭކަމަށް ބުނެ މީހަކު މީސް މީޑިއ...

އަލީ އާދިލް
އޭސީޕީ ފައިރޫޝް ރިޓަޔާ ކުރައްވައިފި

އޭސީޕީ ފައިރޫޝް ރިޓަޔާ ކުރައްވައިފި

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރައްވައިފި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައި، ފައިރޫޝް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކާމިޔާބަށް ވެސް އެދިވަޑައިގެންނެވި އެވެ. ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުސް ހިދުމަތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ މިއަދު ހިދުމަތުން ރިޓަޔާ ކުރެއްވި އިރު 2017 ވަނަ އަހަރު ފީއެޗްޑީއަށް ކިޔަވައި […]

ޝިއުނާ އާދަމް
އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބު މިމަހު 23ގައި

އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބު މިމަހު 23ގައި

އަދާލަތު ޕާޓީ (އޭޕީ)ގެ އެންމެ އިސް ދެ މަގާމު ކަމުގައިވާ، ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު މި މަހުގެ 23 ގައި ބާއްވަން ނިންމައިފިއެވެ. މިގޮތުން އޭޕީއިން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު 23 ޖެނުއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00ގެ […]

އަޙްމަދު ވަހީދު
ލަންދޫ "ކުޅިދޮށު ޕާކް" ޒުވާނުންގެ ނަމޫނާ މަސައްކަތެއް

ލަންދޫ "ކުޅިދޮށު ޕާކް" ޒުވާނުންގެ ނަމޫނާ މަސައްކަތެއް

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރިސޯޓްތައް ބަންދުވިއެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރި ޒުވާނުން، އެ ޒުވާނުންގެ އުފަން ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުނެވެ. ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުންހިފައި ރަށަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދިނުމުގައި އެ ޒުވާނުން ނަމޫނާ ވެސް ދެއްކިތަން ފެނިގެންދިޔައެވެ. ރާއްޖޭގެ އުތުރާއި ދެކުނުންނެވެ. ނ.ލަންދޫގެ ޒުވާނުން ވެސް އެ ޒުވާނުންނަށް ލިބިގެންދިޔަ ހުސްވަގުތުގެ ބޭނުން ހިފައި، މި ވަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި 1200 ފޫޓް ދުރުގައިވާ، އެ ރ...

އިބްރާހިމް ޚަލީލް
ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުންގެ ކަރަންޓީނުވާން ޖެހޭނެކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިރޭ ކުރި ޢިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެއަންނަ ދުވަހުން ފެށިގެން 10 ދުވަހު ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. މިފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލާނީ 10 ދު...

ޝިއުނާ އާދަމް
ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައެވެ. ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަ...

އަލީ އާދިލް