އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި އެންޑޮސްކޮޕީގެ ޚިދުމަތްފަށައި، މާލެ ސިޓީ ފިޔަވައި، އެންމެ ފުރަތަމަ އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފެށި ސަރަޙައްދަކީ އައްޑޫ ސިޓީކަމުގައި ހިމެނިއްޖެއެވެ.
މިގޮތުން އައްޑޫގައި މިހާރު ހިންގަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އޭއީއެޗްގައި އެންޑޮސްކޮޕީގެ ޚިދުމަތް ދޭން ފެށިކަން އެ ހޮސްޕިޓަލުން އިއްޔެ ވަނީ ހާމަކުރަށްވާފައެވެ.
އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ޚާއްޞަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ.
އެ ޚިދުމަތް އެ ހޮސްޕިޓަލްގައި ދޭންފެށިކަން ހާމަކޮށް، އޭއީއެޗް ބުނެފައި ވަނީ މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގެ ހޮސްޕިޓަލެއްގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރުކަމަށެވެ.
We are delighted to introduce endoscopy services here at AEH. @presidencymv @MoHmv pic.twitter.com/Qu7TZaZAOH
— Addu Equatorial Hospital (@aeh_mv) January 3, 2021
އެ ހޮސްޕިޓަލުގައި އެންޑޮސްކޮޕީގެ ޚިދުމަތް ފަށާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި އެ ހޮސްޕިޓަލްގައި ވަނީ އެންޑޮސްކޮޕީއާ ގުޅޭ ތަމްރީންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ އެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ.
އޭއީއެޗުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ، ފިޒިއޮތެރަޕީގެ ހިދުމަތް، ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުން ހިމެނެއެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ޚިދުމަތް ދޭން ފެށި އޭއީއެޗްގައި އޮޕަރޭޝަން ތަކަށް ޚާއްޞަ ފަސް ތިއޭޓަރު ހުރެއެވެ. އަދި އެ ހޮސްޕިޓަލުގައި އަންނަނީ ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!