ޤައުމީ ފެންވަރުގައި ޒުވާން ދަރުމަވެރިން އުފެއްދުމުގެ ގޮތުން "ނެޝަނަލް ޔޫތް ވޮލަންޓިއަރ ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ފަށާ މި ޕްރޮގްރާމަކީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ މެދުގައި އިސްނެގުމުގެ ރޫޙު އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

Ad
rt

މި ޕްރޮގްރާމްގެ މަޤްސަދަކީ ޤައުމީ ފެންވަރުގައި ޒުވާން ދަރުމަވެރިން އުފައްދާ، ޒުވާނުންގެ މެދުގައި ދަރުމަވެރިކަން ފުޅާކުރުމާއި، ޒުވާނުންގެ ކިބައިގައި ޤައުމަށާއި މުޖްތަމަޢުއަށް ޚިދުމަތްކުރުމުގެ ރޫޙު އާލާކޮށް ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވުމާއި، ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ޖަމްޢިއްޔާތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރުން ކަމަށް ވެސް ޔޫތު މިނިސްޓްރީއިން ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީއިން ވަނީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ، އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާން ވަކިވަކި ފަރުދުންނާއި އަދި ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކްލަބް / ޖަމްޢިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު 01 ޖަނަވަރީ 2021 ން ފެށިގެން ހުޅުވާލާފައެވެ.

ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގޫގްލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެއެވެ. އެ ފޯމު ޔޫތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމުވެސް އެ މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ދަރުމަވެރިންގެ ގޮތުގައި ގިނަ ޢަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކާއި، ފަރުދުން ނެއްވެސް މަސައްކަތް ކުރެއެވެ.