މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 914 ވަނަ ޞަފްޙާ

އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މީހާ ސަލާމަތްކޮށްފި

އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މީހާ ސަލާމަތްކޮށްފި

އެމްޕީއެލްގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި ކޮންޓޭނާގައި ތާށިވި މީހާ ސަލާމަތް ކޮށްފިއެވެ. އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެ ހާދިސާގައި ކޮންޓޭނާ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށް، އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށެވެ. ކޮންޓޭނާއަކުން ބިއްލޫރި ޕެލެޓްތަކެއް ހުސްކުރަން އުޅެނިކޮށް މިރޭ ހިނގި އެ ހާދިސާގައި، އެކަކު ކޮންޓޭނާގައި ތާށިވިއިރު، ދެވަނަ މީހާ ޒަޚަމްވެގެން ވަނީ ކުރިން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމްޕީއެލްގައި ހިނގި ހާދިސާ: ތާށިވި މ...

ޝިއުނާ އާދަމް
އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް

އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް

އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް ހިނގައި، އެކަކު ވަރަށް ބޮޑަށް ޒަޚަމްވެ، އިތުރު މީހަކު ކޮންޓޭނާއެއްގެ ތެރޭ ތާށިވެއްޖެއެވެ. އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްވެއްޓި، މީހަކު ތާށިވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅޭ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 19:45 ގައި ކަމަށެވެ. އެ ސަރަޙައްދުގައި މިވަގުތު ހުރި ޕިކަޕް ޑްރައިވަރެއް ”ތިލަދުން”އަށް ބުނީ ކޮންޓާނާ ތެރޭ އެކަކު ބިއްލޫރި ”ކެރ...

ޔުމްނާ ޢަލީ
ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތައް ގާނޫނު އިސްލާާހުކުރަން ހުށަހަޅައިފި

ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތައް ގާނޫނު އިސްލާާހުކުރަން ހުށަހަޅައިފި

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާއި ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާޙްގެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު  އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ. އެބިލު ހުށަހެޅުއްވުމުގެ އިތުރުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އޭނާ ވަނީ އެދި...

އަޙްމަދު ވަހީދު
ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 40 އަހަރުގެ ބިދޭސީއަކު ހޯދަނީ

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 40 އަހަރުގެ ބިދޭސީއަކު ހޯދަނީ

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 40 އަހަރުގެ ބިދޭސީއަކު ހޯދަން އެމީހާގެ ފޮޓޯ މޯލްޑިވްސް ޕޮލިސް އިން އާންމު ކޮށްފި އެވެ. ފުލުހުން ބުނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް، މުޙައްމަދު ކޮކާން (40އ) ނަމަކަށއ ކިޔާ މީހެކެވެ. ފުލުހުން ބުނީ، މުޙައްމަދު ކޮކާންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭ...

އިބްރާހިމް އަސްވާޤް
ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެމައްސަލަ ތަހުގީގުކުރަން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ގޮވާލަށްވައިފިއެވެ. މީގެއިތުރުން ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ. ސައުދު މި ގޮތަށް ވިދާޅުވީ، ”ދަނޑުގައި ހުޅުޖަހައިގެން އާ ޓާފް ދަނޑެއް ސަރުކާރުން ނުދޭނެ” މިސުރުޚީގެ ދަށުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވި، ވިދާޅުވ...

އަލީ އާދިލް
އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް

އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނުކުރައްވައިފިއެވެ. މިހާދު އެ މަގާމަށް އައްޔަނު ކުރެއްވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ، ރީޖަނަލް އެއާޕޯޓުތައް ހިންގަން ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިއޭއެސްގެ އެމްޑީ ކަމަށ...

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

ކޯވިޑަށް ޕޮޒިޓިވްވެ، ހާލުކޮޅު ދެރަވުމުން އެޑްމިޓްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީއިރު ކޯވިޑް ބަލީގެ ސަބަބުން ހާލުކޮޅު ދެރަވުމުގެ ސަބަބުން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އުމުރުން 61 އަހަރުގެ މުޖުތާޒް ކޯވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ...

އަޙްމަދު ވަހީދު
މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް، މިރޭ 20:51 ގައި ކުރެއްވި ޓުވީޓެއްގައި ވަނީ ‏މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތްކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ. އޭގެފަހުން މިރޭ 22:11 ގައި، ކޮމިޝަނަރު އޮފް […]

ޝިއުނާ އާދަމް
ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ

ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޝަރީފް ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު، މިއަހަރުގެ އ...

ޔުމްނާ ޢަލީ
ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ

ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ

10 ޖެނުއަރީ 2020 ވަނަ ދުވަހު، ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެކެޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް […]

ޝިއުނާ އާދަމް
ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

މާލެ ސިޓީގެ، މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ހ. ތިން ނޫނުގޭގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ދެ މީހަކު ފިހި، އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ދެމީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި […]

ޔުމްނާ ޢަލީ
އައްޑޫއަށް ވަންނާނީ ޕައުންޑް، މާނައަކީ ގިނަ ޢަދަދެއްގެ އިނގިރޭސި ފަތުރުވެރިން ޒިޔާރަތްކުރާނެ: ޑރ. މައުސޫމް

އައްޑޫއަށް ވަންނާނީ ޕައުންޑް، މާނައަކީ ގިނަ ޢަދަދެއްގެ އިނގިރޭސި ފަތުރުވެރިން ޒިޔާރަތްކުރާނެ: ޑރ. މައުސޫމް

އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް ވިދާޅުވީ އެ ސިޓީއަށް އެންމެ ގިނައިން ޒިޔާރަތްކުރާނީ އިނގިރޭސި ވިލާތުގެ ފަތުރުވެރިންކަމަށް ބެލެވޭތީ، އެކަމަށް އިޝާރާތްކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ. ޑރ. މައުސޫމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ މިގޮތަށް ވިދާޅުވީ، ”އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް” އޭނާ ވިދާޅުވީ ކޮން މާނައެއްގައި ކަމަށް އަންގައި ދިނުމުގެ ގޮތުންނެވެ. އައްޑޫ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދ...

އަލީ އާދިލް
ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދުސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ނެރުނު މި ހުދު ސަމާލުގެ ވަގުތަކީ މިރޭ 23:30 އިން ފަތިހު 4:30 އަށެވެ. މި ސަމާލުގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ […]

ޙުސައިން ޝަހުދީ
ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފި

ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފި

ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް ފަށައިފިއެވެ. މުޅި ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް ކުރިއަށް ގެންދާ މި ދިރާސާއަކީ ”މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ”ގެ ނަމުގައި ކުރިއަށް ގެންދާ ދިރާސާއެކެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، މި ދިރާސާ މިހާރު ފަށާފައިވާ ކަމަށާއި، ކޯވިޑާ-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި ދިރާސާގެ މަސައްކަތް ކުރަށްވަމު...

ޝިއުނާ އާދަމް
މޫސުން ގޯސް، ސަމާލުވޭ!

މޫސުން ގޯސް، ސަމާލުވޭ!

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އަ...

ޙުސައިން ޝަހުދީ