ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ މޫދު އަޑިންް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު އުމުރުން 17 އަހަރުގެ ކުއްޖަލު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ 16:47 ހާއިރު އެވެ.

Ad
rt

އެއާއިއެކު އެކުއްޖާ ހޯދުމަށް ފުލުހުން އެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެކުއްޖާ ފެނުނީ މޫދު އަޑިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް، އެކުއްޖާގެ ހާލާއި ގުޅޭގޮތުން ފުލުހުން އިތުރު ތަފްޞީލެއް އަދި ނުދެއްވައެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ފެނުނީ 17:50 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.