ދިވެހި ދައުލަތުގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުންގެންދެވި "ދީނުގެމަގު" މަޖައްލާ، އަލުން ރަޖިސްޓްރީކޮށްގެން ނެރެންފައްޓައިފި އެވެ.

2008 ވަނަ އަހަރާއި ހަމައިން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަމިއްލަ ފަރާތަކުން އެމަޖައްލާ ދެވަނަ ފަހަރަށް ނެރެން ބަހާފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހުގަ އެވެ.

Ad
rt

ދޯނުގެ މަގުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ މަޖައްލާ ދެވަނަ ފަހަރަށް ވުޖޫދު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވި އެއްބާރުލެއްވުން ނުހަނު އުފަލާއެކު ފާހަގަ ކުރާކަމަށާއި އެ މުއައްސަސާތަކުން މިކަމުގައި އުޅުއްވި ކޮންމެ މުވައްޒަފެއްގެވެސް މޫނު މަތިން ފެނުނު ހިނިތުންވުމާއި އުފާވެރިކަން އެއީ "ދީނުގެމަގު" ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫންކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީ އެމަޖައްލާ ރަޖިސްޓްރީ ކޮށްފައިވަނީ 2019 ވަނަ އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

"ދީނުގެމަގު" މިއީ އިސްލާމްދީނުގެ ޢިލްމު ދިވެހި ފަސްގަނޑުގައި ފެތުރުމުގެ މަތިވެރި މާތް މަޤްޞަދުގައި ކޮންމެ ހުކުރު ދުވަހަކު ޝާއިޢުކުރެވޭ ހަފްތާ މަޖައްލާއެއްކަމަށާއި އަދި އެމަޖައްލާގައި ހިމަނަން ގަސްތުކުރަނީ އިސްލާމްދީނުގެ އާންމު މައުލޫމާތުތަކާއި ފިލާވަޅުތައްކަމަށްވެސް އެ ނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދީނީގޮތުން އައު ދަރުހާއި އިރުޝާދު ފޯރުކޮށްދިނުމުގެ އުއްމީދުގައި ދެވަނަ ފަހަރަށް ނެރެވެން ފެށުނު އެ މަޖައްލާ ފަރުމާ ކުރެވިފައި ވާނީ، މުހިއްމު މައުޟޫޢުތަކަށް ކުރު މަޒުމޫނުތަކެއް ހިމަނައިގެން ފަސޭހައިން ވިސްނޭހެން ސާދާ ޢިބާރާތުން ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވޭތޯ އިސްކަމެއް ދެވިގެންކަމަށް، އެމަޖައްލާގެ ފަރާތުން ހާމަކޮށްފައިވެއެވެ.

އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތް ކުރުން އެއީ ހުރިހާ ޒަމާނަކަށް ނުހަނު ބޭނުން ޖެހިފައިވާ ކަމެއްކަމަށް ބަޔާންކޮށް، ވަކީން ޚާއްޞަގޮތެއްގައި ދިވެހި މުޖްތަމަޢްއަށް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ރަނގަޅު ދަލީލާއެކު އެނގުމުގެ މުހިއްމުކަން މިއަދު ބޮޑު

ދެވަނަ ފަހަރަށް ވުޖޫދުކުރެވި މިއަދު ނެރުނު އެމަޖައްލާގެ ދެވަނަ ދައުރުގެ ފުރަތަމަ ޢަދަދާއެކު އެމަޖައްލާގެ މުޙައްރިރުގެ ފަރާތުން ޢާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.

ޑިޖިޓް މަޖައްލާއެއްގެ ގޮތުގައި މަޖައްލާގެ ރަސްމީ ވެބްސައިޓުންނާއި އިޖްތިމާޢީ މަންސަތުގެ އެކައުންޓުތަކުގައި ޝާއިޢުކުރެވުމުގެ އިތުރުން ޗާޕުކޮށްގެންވެސް ނެރެވޭ މިމަޖައްލާ، މާލޭ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި
ވެސް މުޅިން ހިލޭ ބެހިގެންދާނެކަން ހާމަކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށަށް އެމަޖައްލާ ފޮނުވުމަށް އެ ޓީމުން މަސައްކަތް ކުރާނެކަމަށްވެސް "ދީނުގެމަގު" ޓީމުން ހާމަކޮށްފައި ވެއެވެ.

"ދީނުގެމަގު" ގެ ނަމުގައި އެންމެ ފުރަތަމަ މަޖައްލާއެއް ޝާއިޢުކުރެވިގެން ގޮސްފައި ވަނީ، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމާއެކު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން 1987 ވަނަ އަހަރުގައެވެ. ރާއްޖޭގެ ކޮންމެ ގޭބިސީއަކާއި ހަމައަށް ވާޞިލުވެ، އިސްލާމީ ދަޢުވަތުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައި ވެގެންދިޔަ "ދީނުގެމަގު" ހުއްޓުމަކަށް އައީ ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް އައުމާ ހަމައިން 2008 ވަނަ އަހަރުގެ ތެރޭގައި ކަންވެސް ފާހަގަކޮށްލެވެ އެވެ.

"ދީނުގެމަގު" ފޭސްބުކް އެކައުންޓްގެ ލިންކް

"ދީނުގެމަގު" ޓްވިޓަރ އެކައުންޓް ލިންކް