ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ށ. ކޮމަންޑޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރި...
ޔުމްނާ ޢަލީ
ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ހާއްސަ އެޑްވައިޒަރަކަށް އަދި ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ މުހައްމަދު ހާނިމް ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖައްސައިފިއެވެ. މައުރޫފް އަޙްމަދު މި މަޤާމަށް އައްޔަންކުރެއްވީ ކުޅިވަރު ލާމަރުކަޒީ ކުރުމާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާދެއްވާ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. މާއްޓޭއަކީ 1980 ގެ ފަހުކ...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިވިލިމާލެއިން 2022 ގައި ބޯޓަކުން ފުރިފަހުން ބަންގްލަދޭޝްގެ ލިޓަން ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަނީ އޭނާ މޫދަށް ވައްޓާލައިގެން މަރާލި ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމުމަށްފަހު ނިޒާމް 25 އަހަރަށް ޖަލަށްލާން […]
ހުސައިން ހަބީބް
އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އަނިޔާވި މީހަކަށް އަނިޔާވެފައިވަނީ ފުލުހުންގެ ސަބަބުންކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދޮގުކޮށްފިއެވެ. ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަ...
އަލީ އާދިލް
މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 21,836.50 ދިވެހި ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހާމަކޮށްފިއެވެ. މިއީ މީގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތް 19,527.90 ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ވެސް ޒަކާތުގެ ނިސާބަށް ދަނީ ދަތިތަކެއް ނެތި ބަދަލ...
ޔުމްނާ ޢަލީ
ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު، 21 އޭޕްރީލް 2026 ވަނަ ދުވަހުގެ ހަވީރު 15:42 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ލ. ހިތަދޫ، އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް އެޓެންޑްވެ، އެ […]
ޔުމްނާ ޢަލީ
މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާއެއް، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 20 ވާ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ސޯ...
ޔުމްނާ ޢަލީ
ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި މީހަކު 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު، ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ވަނީ 18 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި […]
ޔުމްނާ ޢަލީ
މާލޭގައި ޚިޔާލުފާޅުކުރުމަށް ފަސް ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމަށާއި، އެ ތަންތަނުގައި 24 ގަޑިއިރު އެ ފުރުޞަތު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސް ވެރިޔާގެ ސުވާލު: ”އިދިކޮޅު އެކި ފަރާތްތަކުން ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެ، މާލެ ތެރޭގައި ހަމަޖެހުން ނަގާލައި، ބޭއަދަބީ އެތައް މަންޒަރާއި، އަޑުތައް ބް...
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކުރުމަށާއި، ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގައި ރައީސްގެ ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިއްޕަވަމުންދާ ކަމ...
އަލީ އާދިލް
ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ސިފައިންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ހުރިހާ ސިފައިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ވި...
ޔުމްނާ ޢަލީ
އާންމު ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި ހަމަނުޖެހުމަށް ހިތްވަރުލިބޭ ފަދަ ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފިއެވެ. އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަދައްކައި، އެ ވާހަކަތައް މީޑިއާގެ ޒަރީއާއިން އާންމުވަމުންދާ ކަމަށެވެ. މީގެ ސަބަބުން އާންމު...
ޔުމްނާ ޢަލީ
މީދާ މަރާ ވިހަ ހުރި ކަމަށް އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ “ހިޕް” (HiPP) ބްރޭންޑުގެ ތުއްތު ކުދިންގެ ކާނާ ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ. އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަރުމަނުގެ މަޝްހޫރު “ހިޕް” ކުންފުނިން އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބާޒާރުން އަނބުރާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަ...
ޝިއުނާ އާދަމް
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ލިބެން ފަށާނެ ކަމަށާއި، އޭގެ އިތުރުން ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި އިނާޔަތްތައް ދިނުމާއި، އެވޯޑު ދިނުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާ މެދު ބައެއް...
ޔުމްނާ ޢަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 500 އެނދުގެ ޖާގަ ހިމެނޭހެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަ...
ޝިއުނާ އާދަމް