މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބުދުﷲ މުއްތަލިބު ވިދާޅުވީ، އެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަަމަށެވެ.
މިވަގުތު ކުރިއަށް ދަނީ ސެގްމެންޓް ކާސްޓްކުރުމާއި، ތަނބުތައް ގުޅުވާލުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން އިސްކަންދެނީ އިތުރުބަޔަކާއި މަޝްރޫޢު ހަވާލުނުކޮށް، މިހާރު މަސައްކަތް ކުރަމުން އަންނަ ކުންފުންޏަށް ދޭންޖެހޭ ލުއިތައް ދީގެންވެސް މަސައްކަތް ނިންމުމަށެވެ.
ބްރިޖު މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 16، 2021 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!