ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ޚަބަރެއް ނުވެގެން ބެލިއިރު، އެމީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސޯސަންގޭ، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.
ފުލުހުން ބުނި ގޮތުގައި، އެމީހާގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ވަދެފައިވަނީ 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރުއެވެ. އެމީހާ ފެނުނު އިރު އޮތީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އިބްރާހީމް ޔޫސުފުފުޅުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!