22 ހަފުތާ ހަމަނުވެ، ވިހާ ކުދިންނާމެދު އަމަލުކުރާ ގޮތަކީ "ވިންދު އެއްކޮށް ދަންދެން ބޭއްވުން": އައިޖީއެމްއެޗް
22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވެ، ވިހާ ކުދިންނާމެދު އަމަލުކުރާ ގޮތަކީ “ވިންދު އެއްކޮށް ދަންދެން ބޭއްވުން” ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ. އައިޖީއެމްއެޗްއިން މިހެން ވިދާޅުވީ ކުޑަކުއްޖަކު ވިހެއުމަށްފަހު ފަރުވާ ނުދީ ބޭއްވި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ އޮސްޕިޓަލުން ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ. އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޞިއްޙީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނ...