ކޮވިޝީލްޑް ވެކްސިން ޖެހުމަށްޓަކައި ސެންޓަރުތަކުގައި ކިއުތައް ހެދިފައިވަނީ އެއްވެސް އިންތިޒާމެއްނެތި ކަމަށްވިދާޅުވެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނުރުހުން ފާޅުކުރައްވައިފި އެވެ.

މިއަދު ކުރިއަށް ދިޔ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ޝަރީފް ވިދާޅުވީ ވެކްސިން ޖެހުމަށް ކިއުގައި ތިބޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ތޮއްޖެހިފައިވާ ކަމަށާއި އެ ކަންކަން ކުރިއަށް ދަނީ އެއްވެސް އިންތިޒާމެއް ނެތި، އެހެންކަމުން އެޗްޕީއޭ ޖޫރިމަނާ ކުރަން ޖެހޭ ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

Ad
rt

"އައިޖީއެމްއެޗްއާއި ހަމަޔަށް ދިޔައިރު އެ ހިސާބުގަނޑުން ފެށިގެން ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހަން ބޭރުގައި މީހުންތައް އޮތް. މި މީހުންތައް އެއްވެސް އިންތިޒާމެއް ނެތި، ގްރޫޕެއްގައި 50، 60 މީހުން އެބަތިބި. އަޅުގަނޑު މިކަމަށްޓަކައި އެޗްޕީއޭ ޖޫރިމަނާ ކުރުމަށް ގޮވާލަން"

މެންބަރު ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. މިހާތަނަށް ރާއްޖެއިން 200000 ށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ.

އެންމެ ފުރަތަމަ ޑޯޒް ޖެހޭ ފަހު ތާރީހަކީ މިއަދު ކަމަށް ކަނޑައެޅުމުން ވެކްސިން ޖެހުމަށް ދާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެންދިޔައެވެ.